މުވައްޒަފުން ތައްޔާރުކުރި ލޯގާއާއެކު ފަހި ދިރިއުޅުން ރީބްރޭންޑް ކޮށްފި
މުވައްޒަފުން ތައްޔާރުކުރި ލޯގާ އިފްތިތާހުކޮށް ފަހި ދިރިއުޅުން ރީބްރޭންޑް ކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. ލޯގޯ އިފްތިތާހުކޮށްފައިވަނީ އެ ކޯޕަރޭޝަނުގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފުލާގައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކުރެއްވި ގޮތުގައި ރީބްރޭންޑު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެ ކޯޕަރޭޝަނުގެ ހުނަރުވެރި މުވައްޒަފުންނެވެ. އަދި ވަރަށް އަވަހަށް އާ ލޯގޯ ހާމަ ކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ރޭ ބޭއްވި ހަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އިން ކުރަމުންދާ މަސައްކަތްތަކާއި އެކި މަޝްރޫއުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް