ރާޅުގަނޑަށް ކޮންކްރީޓް ހިލަ ލައްގަނީ
ރާޅުގަނޑު ސަރަހައްދަށް ގިނައަދަދެއްގެ ކަޅު ކޮންކްރީޓް ހިލަ ލައްގަން ފަށައިފިއެވެ.
ބްރިޖްގެ މަސައްކަތް ކުރި ދުވަސްވަރުން ފެށިގެން ދޭތެރެއިން މި ހިލަތައް ލައްގަމުންދިޔައިރު، ފަހަކަށް އައިސް އެ ހިލަތައް ލައްގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެއީ ބްރިޖް ހެދިއިރު ކަނޑަށް އެޅިފައިހުރި ހިލަކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ހިލަތައް އެހާ ގިނައިން ލައްގަމުންދަނީ އިރުވައި މޫސުމާއި ގުޅިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހިލަތައް ލެއްގުމުގެ ސަބަބުން އެ ސަަރަހައްދުގެ ގުދުރަތީ ރީތިކަން ގެއްލެމުންދާތީ، އެކަމާއި މެދު ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބްރިޖްގެ މަސައްކަތް ނިންމާލުމަށްފަހު، ރާޅުގަނޑު ސަރަހައްދުގެ މޫދުން އަދިވެސް ކުނިބުނި ނެގިފައިނުވާކަން ފާހަގަކޮށްެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް