ސަގާފީ ތަރިކައިގެ ބިލް މަޖިލީޙުން ފާސްކޮށްފި
ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލް ފާސްކޮށްފައިވަނީ މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިބި 76 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ އިއްތިފާގުންނެވެ.
ތަރިކައިގެ ބިލްގައިވާ ގޮތުގައި ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތައް އެއްލައްކަ ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވި، ފަސް އަހަރާއި ވިހި އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ.
އަދި މި ބިލްގެ ދަށުން ގައުމީ ތަރިކައިގެ ހާލަތު ދެނެގަތުމަށާއި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާގުޅޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ ބޯޑެއް އެކުލަވާލަން ޖެހޭނެއެވެ.
މި ބޯޑުގައި ހަތް މެންބަރުން ތިއްބަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް