ޕީއެންސީއަށް ހުއްދަނެތި މީހުން ވައްދާފައިވޭ: އިލެކްޝަންސް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް ބައެއް ފަރާތްތަކުގެ ހުއްދަނެތި، އެފަރާތްތައް ވައްދާފައިވާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ބޭފުޅުންގެ ހުއްދަނެތި އަދި އެބޭފުޅުންގެ އެއްވެސް ކޮންސެންޓެއް ނެތި ފޯމުތަކެއް ޕީއެންސީއިން ވަނީ ފުރާފައެވެ.
އެހެންކަމުން އެފަރާތްތަކުގެ ނަން ލާފައިވާތޯ ބެލުމަށް މެސެޖްއަދި ފޯނު އަންނަމުންދާކަމަށް ޝަރީފް ވަނީ ހާމަކުރައްވާފައެވެ.
އެހެންކަމުން ޕީއެންސީގެ ފޯމްތައް އިތުރަށް ބަލައި ދިރާސާކުރާނެކަމަށް ޝަރީފްވަނީ ފާހަގަކޮށްފައެވެ.
ޝަރީފް ވަނީ ޕީޕީއެމް ދޫކޮށް އެޕާޓީގެ ލީޑަޝިޕުން އާ ޕާޓީއެއް އުފެއްދުމުން ޕީޕީއެމްގެ ދަރަންޏާއި އެހެން ކަންކަމަށް ޒިންމާ ވާނެ ފަރާތެއް ނުހުންނާނެކަމަށާއި އެކަމަށް ހައްލެއް ހޯއްދަވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް