ހިންނަވަރު ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޅ. ހިންނަވަރު ފުޓްސަލް ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢޫގެ އެންމެފަހުގެ އަދާހަމަ މިއަދު ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން، މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި އާރްޑީސީން ބުނީ ޕަބްލިކް ޅ. ހިންނަވަރު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ވަށާ ފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ފެންސްގެ ވެލްޑިންގ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް އާރްޑީސީން ބުންޏެވެ.
ހިންނަވަރު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތުގެ އިތުރުން އާރްޑީސީން ވަނީ އެރަށުގެ އައުޓްޑޯ ޖިމްގެ މަސައްކަތް މިދިޔަ ޖޫން މަހު ނިންމާލާފައެވެ.
މާރިޗް މަހުގެ 29 ވަނަ ދުވަހު ސޮއިކުރި އެ މަޝްރޫއުގެ އަގަކީ 291،600 ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް