ކާރެއް ކޮންޓްރޯލްނުވެ ހޮޅިދަނޑިއަށް އުރިއްޖެ
ހުޅުމާލޭގައި ދުއްވި ކާރެއް،ކޮންޓްރޯލްނުވެގެން ގޮސް އެކްސިޑެންޓްވެއްޖެއެވެ.
މި ކާރު ކޮންޓްރޯލްނުވެގެން ގޮސް އަރާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ހުރި ހޮޅިދަނޑިއަކަށެވެ.
އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެކްސިޑެންޓް ހިނގި އިރު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ކާރު ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުން ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް