އެމްއޭސީއެލްގެ ބޯޑަށް އިބްރާހިމް ނޫރައްދީން އައްޔަންކޮށްފި
ވެލާާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ގަވަރނިންގް ބޯޑަށް އިބްރާހިމް ނޫރައްދީން އައްޔަންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް ނޫރައްދީން މި މަގާމަށް އައްޔަންކޮށްފައިވަނީ އެ ބޯޑުގައި އިންނެވި ކްރައުން އަހުމަދު ނަޒީރު އިސްތިއުފާ ދެއްވުމުންނެވެ.
އިބްރާހިމް އަކީ އެމްޑީޕީ ސަރުކާރުގައި ކުރިން ވެސް އެ ބޯޑުގެ ޗެއާމަންކަން ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. އެބޭފުޅާ މަގާމުން އިސްތިއުފާ ދެއްވީ އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިނުމުގައި އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިންނެވެ.
އިބްރާާހިމް އަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ސެކްރެޓަރީ ސަބްރާ ނޫރައްދީންގެ ބައްޕާފުޅުކަން ފާހަގަކޮށްލެވެއެވެ.
އެމްއޭސީއެލްގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ޑރ. އިބްރާހިމް މަހުފޫޒާއި މުހައްމަދު އަބްދުއްސައްތާރާއި އަބްދުއް ލަތީފު މުހައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް