ިމިއަހަރުވެސް ކުލަގަދަކޮށް އާތްއަވާ ފާހަގަކުރަނީ
ކުރީ އަހަރުތަކޭ އެއްފަދައިން މިއަހަރުވެސް އާތްއަވާ ދިވެހިރާއްޖޭގައި ފާހަގަކުރުމަށް ނިންމައިފިއެވެ.
މިކަންވަނީ އާތް އަވާ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައެވެ.
އެފަރާތުން ބުނީ އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހުވެސް ރާއްޖޭގައި އާތްއަވާ ފާހަގަކުރާނެކަމަށެވެ. އަދި މިއީ ރާއްޖޭގައި އާތްއަވާ ފާހަގަކުރާ 10ވަނަ އަހަރުކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ މި ހަރަކާތް އިންތިޒާމްކުރުމަށް ހަމަޖެހިފައިވަނީ އީކޯކެއަަރއާއި ގުޅިގެންނެވެ.
އާތް އަވާ މޯލްޑިވްސް އިންވަނީ މިފަހަރުގެ އާތްއަވާވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް