N/A
N/A
ހަބަރު 08 Mar 2019 | 19:35

ލަޔާންގެ ވާހަކަ: އަންހެން ކުއްޖަކަށްވީތީ އެދުވަހު ނުހުއްޓުވި، މިއަދު 19 އަހަރުގެ ޝެފެއް

ފޮޓޯ: މާހިން ފަޔާޒް

ދިވެހިންގެ ތެރެއިން ގިނަ ބަޔެއްގެ ވިސްނުމުގައި އަދިވެސް އޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތަކީ ވަކި ޖިންސެއްގެ ފަރާތްތަކަށް މެނުވީ މަތީ ފަންތީގައި ވަޒީފާ އަދާނުކުރެވޭނެ ދާއިރާއެއްކަމަށެވެ. ނަމަވެސް މިއީ އިހުގެ ވިސްނުމެއްކަމަށް ދައްކައިދޭން ރިސޯޓުތަކާއި، ހޮޓެލް އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގެ އެކިއެކި މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

އެގޮތުން ވޮއިސްއިން އަންހެނުންގެ ދުވަހާއި ގުޅުވައިގެން މި ގެނެސްދެނީ މިފަދަ ހީވާގި ޒުވާން އަންހެން ފަރާތެއްގެ ފަރާތެކެވެ. މިންތީގެ ތަފާތުކުރުމަށް ބެލުމެއްނެތި، ހުރަސްތައް ގިރާކޮށް ކުރިއަރައިދާން އެދޭނެ ޒުވާނެކެވެ. އުމުރުން އެންމެ 19 އަހަރުގައި ޗެފްއެއްގެ ވަޒީފާ އަދާކުރަމުންދާ އައިޝަތު ލަޔާން ރިޔާޒެވެ.

ދެމަފިރިންގެ ކައިވެންޏަށް ލިބިފައިވާ ތިންކުދިންގެ ތެރެއިން އެންމެ ދޮއްޓަށް ހުންނަ ލަޔާން އަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް މެނޭޖްމަންޓްއިން ކަލިނަރީ އާޓްސްގެ ރޮނގުން ޑިޕްލޮމާއެއް ހާސިލްކުރުމަށްފަހު، މިހާރު ހުޅުމާލޭގައި ހުންނަ ޖަަޕަނީޒް ކުއިޒީންގެ މަޝްހޫރު ރެސްޓޯރެންޓެއްކަމުގައިވާ އޮއިޝީގައި ޗެފެއްގެ ކޮމިސް ޗެފްއެއްގެ ވަޒީފާ އަދާކުރަމުންދާ ފަރާތެކެވެ.

މިދާއިރާއަށް ވަދެވުނު ގޮތާއި ބެހޭގޮތުން ވޮއިސްއާއި ވާހަކަދައްކަމުން ލަޔާން ބުނީ، ހަގީގަތުގައި ކަލިނަރީ އާޓްސްގެ ދާއިރާއަށް ވަދެވުނީ ފަތުރުވެރިކަމަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށެވެ.

"އޯލެވެލް ނިންމާލުމަށްފަހު ކޮންމެ ކުއްޖެއްހެން ލަޔާންވެސް ބޭނުންވި ކޮންމެވެސް ތަފާތު ދާއިރާއަކުން ކުރިއަށްދާން. އޭރުވެސް ފަތުރުވެެރިކަމަށް ޝައުގުވެރިކަން ހުރޭ. ވެދާނެ ކަންނޭނގެ އެއީ ސްކޫލްގައި އެ މާއްދާ ކިޔެވީމައި ކަމަށްވެސް. އެ ދާއިރާގެ ކަންކަން ހޯދަނިކޮށް ހަގީގަތުގައި ކަލިނަރީ އާޓްސްގެ ދުނިޔެއަށް ވަނީ"، ލަޔާން ބުންޏެވެ.

ލަޔާން ބުނިގޮތުގައި މި ދާއިރާއިން ކުރިއަށްދިޔުމުގައި އޭނާގެ އާއިލާއިން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް އޭނާއަށް ފޯރުކޮށްދީފައެވެ. އެގޮތުން ދުވަހަކުވެސް އަންހެންކުއްޖަކަށް ވީތީ ކަލިނަރީ އާޓްސްގެ ދާއިރާއިން ކުރިއަށް ދިޔުމަށް ލަޔާންގެ މައިންބަަފައިން ހުރަސް އަޅާފައިނުވާކަމަށް ލަޔާން އުފަލާއި އެކު ފާހަގަކުރިއެވެ. "އަަސްލުގަ ފުރަތަމަ ފެއްޓި ދުވަސްކޮޅު މަންމަމެން އެހާވަރަށް ސަޕޯޓް ދިނީމަ މިހާ ހިސާބަށް އާދެވުނީވެސް"، ލަޔާން ފާހަގަކުރިއެވެ.

ލަޔާން ބުނިގޮތުގައި އޭނާ މި ދާއިރާއަށް ނިކުތުމަށް ފިޔަވަޅު އެޅުމާއި އެކުވެސް އެއީ އަންހެންކުދިން ކުރިއަށްދާން އެހާ ރަނގަޅު ދާއިރާއެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނިކަމަށެވެ. ނަަމަވެސް ގޯހީ ދާއިރާ ނޫންކަމަށާއި އެފަދަ ފަރާތްތަކުގެ ވިސްނުންކަމަށް އިންޓަރވިއު ދެމުން ލަޔާން ވަނީ ބުނެފައެވެ. އަދި ހޮސްޕިޓާލިޓީގެ ދާއިރާއަކީ ވަކި ޖިންސަކަށް ޚާއްސަކުރެވިފައިވާ ދާއިރާއެއް ނޫންކަމަށާއި އެދާއިރާގައި މިންތީގެ ހަމަހަމަކަމަށް ފާހަގަކުރެވޭ މިންވަރަކަށް އިސްކަން ދެވޭކަމަށް ލަޔާން ވަނީ ބުނެފައެވެ.

އޭނާ އަކީ އުމުރުން ހަގު ފަރާތެއްކަމުގައިވިޔަސް އުމުރާއި ގުޅޭ ކާމިޔާބީތަކެއް ހޯދިފައިވާ އަންހެންކުއްޖެއްކަމަށް ލަޔާން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދަރިވަރެއްގެ ގޮތުގައި ބައިވެރިވެ ހޮޓެލް އޭޝިޔާ އެގްޒިބިޝަނުން ހޯދި ބްރޯންޒް މެޑަލް ލަޔާން ވަނީ ފާހަގަކޮށްފައެވެ. "މީގެ އިތުރުން ޓީވީއެމްގެ ރަހަތަފާތަށް އަަރަން ލިބުނު ފުރުސަތު ފާހަަގަކޮށްލަން. ވަރަށް ތަފާތު ތަޖުރިބާއެއް އެއީވެސް"، ލަޔާން ބަޔާންކުރިއެވެ.

ލަޔާން ވަނީ ހޮސްޕިޓާލިޓީ ދާއިރާއަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރެވެމުންދާ ދާއިރާއެއްކަމުގައިވިޔަސް، އަދިވެސް އެ ދާއިރާގައި އަންހެން ފަރާތްތަކަށް ކުރިއަށްދިޔުމަށް މަދުނަމަވެސް ދަތިތަކެއް ހުރިކަން ފާހަގަކޮށްފައެވެ. "ލަޔާން ދެކޭގޮތުގައި ގިނަ ކުދިން މި ދާއިރާއަށް ނުކުތީމަ އެ ހުރަސްތައް ނައްތާލެވޭނެ"، އޭނާ ބުންޏެވެ.

މިއަދު ފާހަަގަކުރެވެމުންދާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޒުވާން އަންހެން ކުއްޖެއްގެ ހައިސިއްޔަތުން ލަޔާންގެ އެދުމަކީ ކޮބައިތޯ ވޮއިސްއިން ސުވާލުކޮށްލުމުން ލަޔާން ވަނީ އެންމެ ބޭނުމީ މިންތީގެ ހަމަހަމަކަމާއި މިންތީގެ ތަފާތުކުރުންތަކުން ދުރު މުޖުތަމައުއެއްކަމަށެވެ. އަދި އެއްވެސް ބިރެއްނެތި މަގުމަތީގައި ހިނގާާލަން ލިބޭނެ ދުވަހަކަށް އެދޭކަމަށް ލަޔާން ވަނީ ބުނެފައެވެ.

ލަަޔާން ވަނީ މި ދާއިރާއިން ކުރިއަށްދިއުމަށް އެދޭ ޒުވާން އަންހެންކުދިންނަށް ހިތްވަރާއި އަޒުމާއި އެކު އެކަންކޮށްފިނަަމަ ކުރިއަރައި ދެވޭނެކަން ފާހަަގަކޮށްފައެވެ. "މިއީ ވަކި ޖިންސަކަށް ޚާއްސަ ދާއިރާއެއް ނޫން"، ލަޔާން ބުންޏެވެ.

ލަޔާން ބުނިގޮތުގައި އޭނާ މިހާ ޒުވާން އުމުރުގައި ހޯދި ކާމިޔާބީތަކުގެ ފަހަތުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި ލޯބިވެއެވެ. އޭގެ ތެރޭގައި އާއިލާއާއި، ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތައް ހިމެނެއެވެ. ލަޔާން ވަނީ މީގެ އިތުރުން އެކި ތަންތަނުން އޭނާއާާއި ދިމާވި މެންޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އަންހެނުންގެ ދުވަހުގައި ސެލިއުޓް ނަގަންވީ ލަޔާންފަދަ ޒުވާނުންނަށެވެ. މިންތީގެ ތަފާތުުކުރުމުގެ ތަފާތު އޮޅިތައް ގިރާކޮށް، ދާއިރާާގެ ކުރީ ސަފުގައި ހަރަކާތްތެރިވުމަށް އަތުކުރި އޮޅާލާފައިވާ ޒުވާނުންނަށެވެ. ވޮއިސްގެ ޓީމުން ލަޔާންއަށް އުފާވެރި މުސްތަގްބަލަކަށް އެދެމެވެ!

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...