މިރޭ 22:15 ގައި ހަވާއަރުވަނީ
މިރޭ 22:15އާއި 22:45އާ ދެމެދުގެ ވަގުތެއްގައި, މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން މައުލުމާތުދީފިއެވެ.
މިއީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ގައުމީ ފުޓްސަލް ޓީމު ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ.
އެމްއެންޑީއެފްއިން މައުލޫމާތުދޭގޮތުގައި ހަވާ އަރުވާނީ އާޓިފިޝަލް ބީޗާ ދިމާ ބޭރުންނެވެ. އަދި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓަށެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރުމަށްފަހު، ފަހުރުވެރި ކާމިޔާބީތަކަކާއިއެކު ގައުމީ ފުޓްސަލް ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނި މިރެއެވެ. މިއާއިއެކު މާލެތެރޭގައިވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް