މަސްތުވާތަކެއްޗާ އެކު ވީއައިއޭއިން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް
މަސްތުވާތަކެއްޗާއިއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
1.86 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އެއާޕޯޓުން ފުލުހުން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މޯލްޑިވްސް ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، އޭނާގެ ލަގެޖުން ފެނިފައިވަނީ މެފެޑްރޯމް ނަމަކަށް ކިޔާ ބާވަތެއްގެ މަސްތުވާއެއްޗެކެވެ.
އެއާއިއެކު، މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް