ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެއް: ދެ މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލެ ފޭސް ދޭއް, ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެއް ހިންގާ ދެ މީހަކު ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓް ލިބުނީ މިރޭ އިރުއޮއްސި 6:37 ހާއިރު ކަމަށެވެ. މި މާރާމާރީގާއި ދެ މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. އެ މީހުންގެ ހާލު ސީރިއަަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީގެ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް