ފުލުހުންނަށް ވަޅިން ބިރު ދެއްކި ބަޔަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކުލަ ހެދުމުގައި ތިބި ދެ ފުލުހުންނަށް ވަޅިން ވަޅިން ބިރު ދެއްކި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ 22:00 ކަން ހާއިރު ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ތިން ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެއީ 35 އަހަރުގެ މީހަކާއި، 39 އަހަރުގެ ދެ މީހުން ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ލުރަމުންނެވެ.
މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، ހައްޔަރު ކުރި މީހުން ހައްޔަރު ކުރުމުގައި އަމަލުލުރި ގޮތާއިމެދު ޝަކުވާތަކެއް ލިބިފައުވާތީ ފުލުހުންގެ ޕްރިފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑްސްއިން އެކަން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް