އައްޑޫ ޕޮލިސް ޓްރެއިނިން ސުކޫލަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ- ހަމީދު
އައްޑޫ ސިޓީ ހިތަދޫގައި ހަދަމުން އަންނަ ޕޮލިސް ޓްރައިނިން ސުކޫލަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީފީ ހަމީދު އައްޑޫ އަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމގައި އެކައުންސިލުން ވަނީ އައްޑޫގެ ބިމުން ބޮޑު ސަރަހައްދެއް ޓްރެއިނިން ސުކޫލަށް ނެގުމާއި، އިންޑިއާގެ ނުފޫޒު އޮތްކަމަށް ބުނެ އާންމު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރައްވާކަމަށް ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ މިހާރު ބޮޑު ސަރަހައްދެއްކަމަށެވެ. އަދި ޖާގަ އޮތުމުން ހަމައެކަނި ޕޮލިސް ތަމްރީނުތަކަށް އެތަން ބޭނުން ކުރުމުގެ ބަދަލުގައި ކަސްޓަމްސްއާއި، އިމިގްރޭޝަންފަދަ ލޯ އެންފޯސްމަންޓް ކޮމިއުނިޓީއަށް ތަމްރީނުތައް ހިންގޭނެ ތަނަކަށް އެތަން ހެދުމަށް ރައީސް ސޯލިހު ލަފާ އަރުވާފައިވާކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
އަދި އެތަނަށް އިންޑިއާގެ ނުފޫޒު ފޯރުވާނެކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ.
އައްޑޫގައި އަޅާ ޕޮލިސް ޓްރެއިނިން ސެންޓަރ އެޅުމުގެ މަޝްރޫއަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް