ފޯނުން ވާާހަކަދައްކަމުން ބަސް ދުއްވި އެމްޓީސީސީގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
ފޯނުން ވާހަކަދައްކަމުން ބަސް ދުއްވި އެމްޓީސީސީގެ ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓައިފިއެވެ.
މިކަން ވަނީ ފުލުހުން ކުރި ޓްވީޓެއްގައި ކަށަވަރުކޮށްދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޓީސީސީގެ ޑްރައިވަަރަކު ހުޅުލެ އާއި ހުޅުމާާލެއާއި ދެމެދު ދަތުރުކުރާ ބަސް ދުއްވަމުން، ފޯނުން ވާހަކަދައްކަން އިން ވީޑިޔޯއެއް މީސް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެ ވީޑިޔޯލުމަށްފަހު ބުނެފައިވާ ގޮތުގައި އެ ޑްރައިވަރު ނިދިޖެހިފައި އޮތުމުން ޓިކެޓް ކަނޑަން ހުރި ފަރާތުން ވަނީ އޭނާއަށް ގޮވާ ހޭލައްވާފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ މި ޑްރައިވަރު ހޯދުމަށްފަހު އޭނާ މިއަދު ހެނދުނު ޓްރެފިކް ޕޮލިހަށް ހާާޒިރުކުރެވުނު ކަމަށެވެ. އަދި ފޯނުން ވާހަކަދައްކަމުން ދުއްވި މައްސަލައިގައި ލައިސަންސް ހިފަހައްޓައި ނަސޭހަތް ދެވުނުކަމަށެވެ.
މި އަހަރުގެ ތެރޭގައި އެމްޓީސީީސީގެ ބަސްތަކުން ގިނަ އެކްސިޑެންޓްތަކެއްވެފައިވާއިރު، އޭގެ ތެރެއިން ދެ ހާދިސާއެއްގައި ދެ ފަރާތެއް ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް