ޓެކްސީ ތެރެއިން ގެއްލުނު ވޮލެޓް ފެނުނީ މޫދުއަޑިން!
މާލޭގެ ޓެކްސީއެއްގެ ތެރެއަށް ގެއްލުނު ވޮލެޓެއް، މޫދުއަޑިން ފެނިއްޖެއެވެ.
މިކަން ހާމަކޮށް އެ ވޮލެޓްގެ ވެރިފަރާތްކަމުގައިވާ އިބްރާހިމް ހުސައިން އާންމުކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ޖޫން 28ވަނަ ދުވަހުގައި އޭނާގެ ވޮލެޓް ޓެކްސީއެއްގެ ތެރޭގައި ބޭއްވުނު ކަމަށާއި ދާދިފަހުން މީހަކަށް އެ ވޮލެޓް ފެނިގެން އޭނާއަށް ގުޅިކަމަށެވެ.
އެ ވޮލެޓް ފެނުނު ނިޝާން ނަމަކަށްކިޔާ މީހާއަށް އެ ވޮލެޓް ފެނުނީ މޫދުއަޑިންކަމަށް އިބްރާހިމް ހުސައިން ވަނީ ބުނެފައެވެ.
މި ވޮލެޓް ފެނުނުއިރު އޭގައި އެއްވެސް ފައިސާއެއް ނެތެވެ. އަދި އެ ވޮލެޓް މޫދަށް އެއްލާލާފައިއޮތީ ގާގަނޑެއްގައި އައްސާފައިކަން ފޮޓޯތަކުން ފެންނަަކަން ފާހަގަކޮށްލެވެއެވެ.
މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ ނިޝާންގެ އަމާނާތްތެރިކަމަށް ތައުރީފްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް