ރާއްޖޭގެ ރަށެއްގައި ނުވައަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި
ރާއްޖޭގެ ރަށެއްގައި މިމަހުގެ ދިހަވަނަ ދުވަހު، 9އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ފުުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ހާނިއްކަ ލިބޭ ކަމަށް ފުލުހުންނަށް މިމަހުގެ ދިހަވަނަ ދުވަހުގެ ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ކުއްޖާއަށް ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތު ކުރެވެނީ އުމުރުން 13އަދި 16އަހަރުގެ ދެ ބޭބެއިންނަށް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ. ނަމަވެސް ބައެއް މީޑިޔާތަކުގައި ވަނީ މި މައްސަލައިގައި ޝާމިލްވަނީ އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާކަަމަށް ތުހުމަތުކޮށް ވަނީ ރިޕޯޓްކޮށްފައެެވެ. މިހެން ބުނެފައިވަނީ އެރަށުގެ ބައެއް ފަރާތްތަކާއި ހަވާލާދީއެވެ.
މި މައްސަލަ ހިނގާފައިވަނީ ގދ.އަތޮޅުގެ ރަށެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް