ޘަގީފް: ދާއިރާއަށްޓަކައި ފަސްޖެހުމެއްނެތި ބަސްބުނާ ޒުވާނެއް!
މަޖިލިސް އިންތިޚާބަށް ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، މުޅި ރާއްޖޭގައި އެ އިންތިޚާބުގެ ފޯރި މިވަނީ ގަދަވެފައެވެ. އެގޮތުން ވައިކަރަދޫ ދާއިރާގައިވެސް ކެމްޕެއިން ފޯރި ވަރުގަދަ ވެފައިވާއިރު، އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކެނޑިޑޭޓަކީ އަދާލަތު ޕާޓީގެ ހުސައިން ޘަގީފް އިހުސާނެވެ.
މީގެ ކުރިން ކައުންސިލްގެ ރައީސްކަމަށް ހުސައިން ޘަގީފް އިހުސާން އިންތިޚާބުވެ ވަޑައިގެންނެވިއިރު، އެ އަތޮޅުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ އިގްތިސާދީ ފުދުންތެރިކަން ދަށްވެފައިވާ ވާހަަކައެވެ. މުޅި ރާއްޖެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަަރަމުންދިޔަ އިރު، ހދ.އަތޮޅުގައި އެންމެ ރިސޯޓެއްވެސް ނެތް ވާހަކައެވެ.
ޘަގީފް އެހާ ހިސާބުން ކުރިމަތިލެއްވީ ބޮޑު ހަނގުރާމައަކާއި އެވެ. ކިތަންމެ އުނދަގުލަކާއި އޮޅިތަކެއް ގިރާކުރައްވަން ޖެހުނަސް ނިންމެވީ، އެ އަތޮަޅަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގެ މަސައްކަަތަށް އަތުކުރި އޮޅާލައްވާށެވެ. ޘަގީފް މިއަދު މަޖިލިސް އިންތިޚާބުގައި ވިދާޅުވަމުން ގެންދަވާ ތިލަދުންމަތީ ފިކުރުގެ ފެށުމަކީ މިއީކަމަށްވެސް ބުނެވިދާނެއެވެ.
އެގޮތުން މުޅި ރާއްޖޭގެ ސަމާލުކަން ގެނައުމަށް "ޓޫރިޒަމް ނެތް ހދ" ކެންޕޭނުގައި މުހިންމު ރޯލެއް އަދާކުރުމާއި އަތޮޅު ޓޫރިޒަމް މާކެޓް ކުރުމަށް ޑޮކިއުމެންޓްރީއެއްގެ މަސައްކަތްކުރުމަށް ގިނަ މަސައްކަތްތަކެއް، ޘަގީފްގެ މާލިމީކަމުގެ ދަށުން ކުރެވުނެވެ.
ޘަގީފު އަތޮޅު ކައުންސިލަށް ކުރިމަތިލީ ވަރަށް ބޮޑު އުންމީދު ތަކާއި އެކުގައެވެ. ޓޫރިޒަމް ގެންނަން ކުރެވުނު ހުރިހާކަމެއް ފެނަށް ދުއްވާލާ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުން، އެކަމާއި ދެކޮޅަށް ޘަގީފު އަޑު އުފުލިއެވެ. މިކަންކަން މިހެން ހުރުމުން "ކޮންމެ ދުވަހަކު އޮފީހަށް ނިކުމެ އިނގިލިޖަހާލައިގެން ކަމެއް ނުކުރެވި މުސާރަ ނަގައިގެން ހުންނަން ޒަމީރު ގަބޫލު ނުކުރެއޭ" ބުނެ އިސްތިއުފާ ދެއްވީ އެވެ. ކައުންސިލުން އިސްތިއުފާ ދެއްވީ ކައުންސިލް ދައުރުގައި ބާކީއޮތް 6 މަސްދުވަހު ދައުލަތައް 90000 ރުފިޔާ ސަލާމަތްވުމީ އެވަގުތަށް ކުރެވޭނެ އެންމެ މުހިންމުކަން ކަމުގައިދެކޭތީއެވެ. ކައުންސިލްގެ ފަހު ދައުރުގައިވެސް 80 އިންސައްތަ ހާޒިރީ އަކާއެކު އޭނާ ނަމޫނާ ދެއްކިއެވެ.
އިސްތިއުފާ ދެއްވުމަށްފަހުގައިވެސް ދާއިރާގެ ހާލަތު ސަމާލުކަން ގެނައުމަށް ހުއްޓުމެއް ނެތި ވަކާލާތުކޮށް މަސައްކަތް ކުރެއްވި އެވެ. މިއަދުވެސް ޘަގީފު ގަބޫލު ކުރާ ހަގީގަތަކީ އެބައެއްގެ ހާލަތު އެބަޔަކު ނޫޅުނު ވަރަކުން ބަދަލު ނުވާނެކަމެވެ. މިއަދުގެ ހާލަތު ބަދަލުކުރެވޭ ފަދަ ބަދަލުތަކެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކަށް އަންނަން ޖެހޭކަންވެސް އޭނާ ގަބޫލުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް