ދިވެހިންނަށް ތައިލޭންޑަށް ދިއުމުގައި ވިސާގެ ލުއިތަކެއް ހޯދަނީ
ބޭސްފަރުވާއާއި، ޗުއްޓީ ހޭދަކުރުމަށާއި ވިޔަފާރި ދަތުރުތަކުގައި ދިވެހިން ގޮސްއުޅޭ މަންޒިލެއްކަމުގައިވާ ތައިލޭންޑަށް ދިއުމުގައި ވިސާގެ ލުއިފަސޭހަތަކެއް ހޯދުމަށް މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްވެ ހުންނަވާ، ތައިލޭންޑްގެ ސަރުކާރާއި އެކު މި މަޝްވަރާ ކުރިއަށް ގެންދިޔައީ އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އައިރިސްގައި ކުރިއަށްދާ އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގެ ޚަވާސާގެ ތެރޭގައެވެ.
މި މަޝްވަރާތަކަށްފަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ތައިލޭންޑްގެ ވަފުދުގެ އިސްވެރިޔާއާއި އެކު ކުރެވުނު މަޝްވަރާގައި ދެގައުމުގެ މެދުގައި ވިސާގެ ލުއިފަސޭހަތަކެއް ގާއިމްކުރުމާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.
މިނިސްޓަރ އިތުރަށް ވަނީ ތައިލެންޑަކީ ދިވެހި ވިޔަފާ މެދުގައި މަގުބޫލު މަންޒިލެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ތައިލެންޑުގެ ގިނަ އިންވެސްޓްމެންޓުތަކެއް ހުންނަކަންވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް