އީސީގެ މުވައްޒަފުން ތަމްރީނު ކުރަން އިންޑިއާ އާއެކު އެއްބަސްވެއްޖެ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް، އެކޮމިޝަނުން އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާ އެކު އެއްބަސްވުމެގައި ސޮއިކޮށްފިއެވެ.
އީސީން ބުނެފައިވަނީ، އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި މިހާރު ކުރިއަށްދާ ދެގައުމުގެ ހަ ވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި ކަމަށެވެ.
އީސީން ބުނިގޮތުގައި އެއްބަސްވުމުގެ ސަބަބުން އެކޮމިޝަނުގެ މުވައްޒަފުންނަށް އިތުރު ތަމްރީނުތައް ލިބި، އޭގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާއި މީޑިއާތަކަށް އިތުރު ތަމްރީންތައް ދިނުމަށް ކޮމިޝަނުގެ މުވައްޒަފުންނަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް