އީޔޫގެ ސަލާމަތީ ކަންކަމާ ބެހޭ ވެރިޔާ ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
ޔޫރަޕުގެ އިއްތިހާދުގެ ހާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ އެންމެ މަތީ ވެރިޔާ، އަދި އެ އިއްތިހާދުގެ ކޮމިޝަންގެ ނައިބު ރައީސާ، ފެޑެރިކާ މޮގެރީނީ، މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ސަލާމަތީގޮތުން ދިވެހިރާއްޖެއާއި ޔޫރަޕުގެ އިއްތިހާދަށް ކުރިމަތިވެފައިވާ ގޮންޖޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި ދިވެހިރާއްޖެއާއި ޔޫރަޕުގެ އިއްތިހާދާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައި ވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް