ގާސިމްގެ އެޑްވައިޒަރކަމުން ކާނަލް ނާޒިމް އިސްތިއުފާދެއްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރކަމުގެ މަގާމުން ދަނގެތީ ދާއިރާގެ މެންބަރު ކާާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އިސްތިއުފާދެއްވައިފިއެވެ.
އިސްތިއުފާގެ ސިޓީގައި ކުރިން ޑިފެންސް މިނިސްޓަރކަންވެސް ކުރެއްވި ނާޒިމް ވިދާޅުވީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރގެ މަގާމުން އިސްތިއުފާދެއްވީ، މިވަގުތު އެބޭފުޅާގެ އަމިއްލަ މަސައްކަތްތައް ހުރިގޮތުން ޖޭޕީއަށް އެކަށީގެންވާ މިންވަަރަށް ވަގުތު ނުދެވޭނެތީ ކަމަށެވެ.
އެބޭފުޅާ ވަނީ ގާސިމް ބެހެއްޓެވި ގާތްކަމާއި ޖޭޕީން ދިން އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.
ގާސިމް ވަނީ ނާޒިމްގެ އިސްތިއުފާ ގަބޫލުކުރައްވާފައެވެ. އަދި ނާޒިމްގެ ބަދަލުގައި އެމަގާމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވަނީ އައްޔަންކުރައްވާފައެވެ.
ނާޒިމަކީ ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް