އެކްސިޑެންޓެއްގައި ފައިބުރިވި ހަލީމަށް އެހީވުމަށް މިފަހަރު އިނގުރައިދޫ ރައްޔިތުން !
މީގެ ދުވަސްކޮޅެއް ހިނގި ނުރައްކާތެެރި އެކްސިޑެންޓެއްގައި ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިކޮށްލަން ޖެހުނު ރ.އިނގުރައިދޫއަށް ނިސްބަތްވާ އަބްދުﷲ ހަލީމަށް އެހީވުމަށް އެރަށުގައި ޚާއްސަ ފަންޑް ފޮއްޓެއް ބެހެއްޓުމަށް ނިންމައިފިއެވެ.
މި ފަންޑުފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެރަށުގެ އިޖްތިމާއީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމްެއިއްޔާއެއްކަމުގައިވާ އެއްފަސް އެސޯސިއޭޝަންގެ ފަރާތުންނެވެ.
"ހަލީމަށް އެހީއެއް" ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ 9 ނޮވެމްބަރު ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:15އިން ފެށިގެން ރ.އިނގުރައިދޫ ސްޓޭޖް ސަރަހައްދުގައެވެ. މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެ ޖަމްެއިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.
އެއްފަސް ޖަމްއިއްޔާއިން ބުނިގޮތުގައި އެ ރަށުގައި ނެތް ފަރާާތްތަކަށްވެސް ހަލީމަށް މާލީ ގޮތުން އެހީއެއް ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކޮށްގެންވެސް ހަލީމަށް އެހީތެރިވެވޭނެއެވެ. އެކައުންޓްގެެ ތަފްސީލްތައް ތިރީގައި މިވަނީއެވެ.
އެކައުންޓް ނަން: އަބްދުލް ރައްޒާގު އަބްދުލް މުހުސިން
އެކައުންޓް ނަންބަރު: 7770000039042
ވައިބަރ ނަންބަރު: 9652211
މި ހަރަކާތުން ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހަލީމްގެ ބޭސްފަރުވާގެ ތެރެއިން މަސްނޫއީ ފައެއް ޖެހުމަށެވެ.
ފޮޓޯ: އަވަސް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް