ބީއެމްއެލްއިން ހުޅުމާލޭގައި ޑޮލަރ އޭޓީއެމްއެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭގައި ޑޮލަރ އޭޓީއެމްއެއް އިފްތިތާހުކޮށްފިއެވެ.
ހުޅުމާލޭގެ ރެނާޓަސް އިތާމުތް ފްލެޓްގެ ތިރީގައި ހުޅުވި މި އޭޓީއެމްއިން ޑޮލަރު ޖަމާކޮށް ނެގުމުގެ ޚިދުމަތް ލިބޭނެއެވެ. މިއީ ހުޅުމާލޭގައި ޑޮލަރ އޭޓީއެމްއެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށެވެ.
އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް