N/A
N/A
ހަބަރު 17 Jun 2019 | 12:19

އައްޑޫގެ ލޮބުވެތި ރައްޔިތުން - ތާރީޚް އޮޅުވާނުލައްވަމާ ތޯއެވެ!

ރާއްޖޭގެ އަތޮޅެއްގައި ސަރުކާރުން ހެދި އެންމެ ބޮޑު ހޮސްޕިޓަލް އައްޑުއަތޮޅުގައި ހަދައި ނިންމައި އެހޮސްޕިޓަލް ހުޅުވުގެ ކުރިން ދޭނެ އެއްނަމަކަށް "ސުވާދީވް ހޮސްޕިޓަލް" ކިޔަން އަތޮޅުގައި އޮތް "ސިޓީކައުންސިލް" އިން ރައްޔިތުންނަށް ހުޅުވާލުމުން އެކަމާއިގުޅިގެން އަޅުގަނޑު ލިޔުނު އާޓިކަލަކަށް އައްޑުއަތޮޅުގެ ވަރަށް ގިނަ މީހުން ވަރަށް ބޮޑަށް ރުޅިއައިސް، ހިތްހަމަނުޖެހިގެން، ފާޑުކިޔައި، އަވަގުރާނިއަށްދަންދެން ގޮވާކަން އަޅުގަނޑަށް އެގެއެވެ. ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ އަޅުގަނޑު އައްޑޫ ރައްޔިތުންނާމެދު އޮތް ހަސަދައެއްގެ ބޮޑުކަމުން ލިޔުނު އާޓިކަލެއްކަމަށެވެ. އަޅުގަނޑު އެއްބަހެވެ. އަޅުގަނޑުގެ ޓޯން ގެންގުޅެވިފައިވަނީ ތަންކޮޅެއް މަތިންނެވެ.

އަޅުގަނޑު އައްޑޫ ރައްޔިތުންނާމެދު ހަސަދަވެރިކަމެއް ގެންގުޅެންވީ އެއްވެސް ސަބަބެއް ނެތެވެ. ދުވަހަކު އައްޑޫގެ ބޭފުޅަކާ އަޅުގަނޑާ ޒުވާބެއް ނުހިނގައެވެ. އަޅުގަނޑުގެ ކަމަކަށް ހުރަހެއް ނާޅައެވެ. ދެކޮޅުވެރިކަމެއް ނުއުފެދެއެވެ. އައްޑުއަށް ނިސްބަތްވާ އަޅުގަނޑުގެ ރަށްޓެހިންނަކީ ވަރަށް ގިނަ ބަޔެކެވެ. އެކަމަކު އަޅުގަނޑުގެ ހިތުގައި އައްޑޫގެ މަހުޖަނުންނާމެދު ކޮންމެވެސް ކަހަލަ ނުރުހުމެއް އޮވެއެވެ. އެއީ ރާއްޖޭގެ މުއްސަނދިންނާއި ކިޔަވައިގެން ތިބި މީހުންގެ ވަރަށް ގިނަ މީހުންނަކީ އައްޑޫގެ ދަރިންނަށްވާއިރުވެސް އަމިއްލަ ރަށުގެ ތަރައްގީއާ ތަހްޒީބަށް އެމީހުން ހިއްސާވާލެއް ކުޑަކަމުންނެވެ. އެހެންނޫންނަމަ އައްޑުއަތޮޅު އޮންނާނީ އެންމެ ބޭސިކް ޚިދުމަތްކަމަށްވާ ފެނާއި ނަރުދަމާނެތް، ރައްޔިތުން ވާވެއްދުމަށްޓަކައި ހަދާފައިވާ ނަމުން " ސިޓީ" އެއްގެ ގޮތުގައިތޯއެވެ. އަޅުގަނޑު ދައްކާލަން މިއުޅެނީ މިވާހަކައެއްނޫނެވެ.

ބައެއް ބޭފުޅުން އަޅުގަނޑުގެ ލިޔުމުގައި ގެނެސްފައިވާ ތާރީޚީ މައުލޫމާތަކާމެދު ޗެލެންޖްކުރެއެވެ. އެއީ ސުވާދީވް އެއީ އައްޑުއަތޮޅާއި އެއްވެސް ގުޅުމެއްނެތް ހުވަދުއަތޮޅަށް ތާރީޚީގޮތުން ކިޔެމުން އައިސްފައިވާ ނަމެއްކަމަށް ބުނެގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަރްޖަމާން، އަޅުގަނޑުގެ އަޚް އައްޑޫގެ ދަރިއެއްކަމަށްވާ ހޫދު ދެނެވަޑައިގަންނަވަނީ އެއީ ހުވަދުއަތޮޅާއި އައްޑޫ ހިމެނޭ ހަތަރު އަތޮޅުގެ ސަރަހައްދަށް އިގިރޭސިބަހުން ކުރިން ކިޔައި އުޅުނު ގޮތްކަމަށެވެ. އެހެންވީމާ އެނަން އައްޑޫގެ ހޮސްޕިޓަލަށް ކިޔުމަކީ އޭނާއަށް މައްސަލައެއް ނޫނެވެ. އަޅުގަނޑަށް ހީވާގޮތުން ރައީސް އޮފީހުގައި އަޅުގަނޑުގެ އަޚް އައްޑުއަށް ނިސްބަތްވާ އަލީ ޝިޔާމާއި މުސްތަފާ ލުތުފީވެސް މިހާރު ތިއްބަވާނީ ސުވާދީވް ހޮސްޕިޓަލް ކިޔަން ކައުންސިލުން ނިންމައިފިނަމަ އެކަމަށް ރުހި ގަބޫލުވެގެންނެވެ. ހޫދު އެވިދާޅުވީ ތާޜީޚީ ސައްހަ ވާހަކައެއްކަމަށް ބައްލަވައިގެންނެވެ. އިގިރޭސިންނަށް ކުރެވޭ ލޯތްބެއްގެ ބޮޑުކަމުންނާ އިހްތިރާމެއްގެ ސަބަބުން ހޮސްޕިޓަލަށް އިގިރޭސި ރާނީ " ކްއީން އެލިޒަބަތު ހޮސްޕިޓަލް" އޭ ކިޔަސް އަޅުގަނޑުގެ މައްސަލައެއް ނެތެވެ.

އެކަމަކު ދަންނަވަންތޯއެވެ. އިންސާނުންނަކީ ތިމާއަށް ނެގޭކަންކަމުގައިވެސް ޖަދަލުކުރުމުގައި ހައްދުފަހަނައަޅާފައިވާ ބައެއްކަން އިލާހީ ބަސްފުޅުތަކުން އަޅުގަނޑުމެންނަށް އެގެއެވެ. އެބަސްފުޅު މިއަދުވެސް ކިހާ ފުރިހަމަކޮށް ފެނިގެންދޭނޫންތޯއެވެ.

ތާރީޚީ ނަޒަރަކުން އައްޑުއަތޮޅުގެ ނަން

ދިވެހި ތާރީޚްގެ މީގެ 400 އަހަރު ކުރީގެ ކީރިތި މަހާރަދުންގެ ފަތްފުތްތައް ސަރުކާރުގެ ވެރިންގެ އަދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަލަންބޭނުންވާ ބަޔަކު ބެލޭގޮތަށް އެހުރީ ރައްކާކުރެވިފައެވެ. އެފަތްފުތްތައް ހުޅުއްވައި ބައްލަވަންވީ ނޫންތޯއެވެ. އެފަތްފުތްތަކުގައި ދިވެހި ދައުލަތުގެ ސިންގާ ސަނާއިން މާތްރަދުން ދިވެހި ލޮބުވެތި ރައްޔިތުންނާ މުޚާތަބުކުރައްވަން ބޭނުންފުޅުކުރައްވާފައިވާ އިބާރާތްތަކަށެވެ. އެފަތްކޮޅުތަކުގައި ރަދުން ވިދާޅުވިބަސްފުޅު އައިސްފައިހުންނަނީ މަލިކައްޑުއާއިދެމެދު ދިރިއުޅޭ އެމަނިއްޕުޅުގެ ރައްޔިތުންގެ މައްޗަށެވެ. މަލިކަކީ އެއްދުވަސްވަރެއްގައި ދިވެހި ދައުލަތުގެ ދަށުގައިވި އަދި ދިވެހި ރާއްޖޭގެ ރަސްގެފާނުގެ ފުރިހަމަ އަމުރުމައުރޫފް ހިގައިއުޅުނުތަނެކެވެ. އިންޑިޔާއިން މިއަދު އެތަނަށް ވެރިވެގަނެގެން އޮތީ ނޫންތޯއެވެ. އަޅުގަނޑުމެންނަކީ ޗައިނާފަދަ ބިޔަ ބާރުގަދަ ގައުމަކަށްވީނަމަ މަލިކުގެ މައްޗަށް ތައިވާނާމެދު އެބަލާ ބީދައިން ބަލަމުންދިޔައިމުސްއެވެ. މިއީ އެހެންވާހަކައެކެވެ.

އިގިރޭސިން މިސަރަހައްދަށް ނާންނަނީސް އަޅުގަޑުމެންގެ ރަސްގެފާނުގެ ފަތްކޮޅުތަކުގައި "މަލިކައްޑޫ" ބޭނުންފުޅުކުރައްވަމުންގެންގޮސްފައިވާތީ އައްޑުއަތޮޅުގެ ނަމާމެދު އަޅުގަނޑުމެންގެ މިއަދުގެ ޖީލުގެ މީހުން ސުވާލު އުފައްދާއިރު އެނޫން ހެކިތަކެއް ހުންނަންވާނެއެވެ. އަނެއްކާ މުސްކުޅި ޗާޓްތަކުގައި ފުވައްމުލަކާ ދިމާލުން ޖަހާފައި އޮންނަނީ "މުލައް" އެވެ. ސުވާދީވް ޖަހާފައި އޮންނަނީ ހުވަދުއަތޮޅު ކައިރީގައެވެ.

އައްޑޫގެ ލޮބުވެތި ރައްޔިތުންގެ ކުރިފުޅު މައްޗަށް އެހެން ވާހަކައެއްވެސް ގެނެސްދީފާނަމެވެ. " ސުވާދީވް ސަރުކާރު" ކިޔުނު ބަޣާވާތަކުން އުފެއްދި ސަރުކާރު އޮއްވައި އިބްރާހިމް ނާސިރު ވަޑައިގެން ހުވަދުއަތޮޅު ތިނަދުއަށް ބަޑިޖައްސަވައި އެރަށް ފަތަހަކުރައްވައި ހުވަދުއަތޮޅު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމާއެކު އައްޑޫގައި ތިއްބެވި ބޭފުޅުން ސުވާދީވްގެ ނަން ސަރުކާރުން ވަކިކުރީއެވެ. ދެން ބޭނުންކުރި އައްޑޫ ސަރުކާރުގެ ގޮތުގައި ނޫންތޯއެވެ. ދިވެހި ސަރުކާރަށް ލިޔެފައިވާ ސިޓީތަކުގައި ބޭނުންކޮށްފައިވަނީ އައްޑޫ ސަރުކާރެކެވެ. ސުވާދީވް ސަރުކާރެއް ނޫނެވެ. އައްޑުއަތޮޅުގައި ނުކުތް ނޫސްތަކުގައި ކާބަފައިން ލިޔެފައިވާ ލިޔުންތަކަށް ފަރުވާތެރިކަމާއެކު ވިސްނަވައި ފިކުރުކުރައްވާށެވެ. އައްޑޫ ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކޮށްފައިވަނީ އައްޑުއަތޮޅުގެ ނަން ބޭނުންކޮށްގެންނެވެ.

އަނެއްކާ އައްޑުއަތޮޅަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ރާއްޖޭގައި އޮތް އެންމެ އިލްމުވެރި މުއްސަނދިތަނެވެ. ހުވަދުއަތޮޅުގައި ވާދޫ ދަންނަކަލޭފާނު ފިޔަވައި ކަމާދާމީހަކުވެސް އޭރު އުފެދިފައިވަނީއަކީއެއްނޫނެވެ. އެހެންވީމާ އައްޑޫގެ ކާބަފައިން އެމީހުންގެ ޖީލަކަށްފަހު ޖީލަކަށް ވާރުތަކުރަމުން އެމީހުންގެ ޝަރަފަކަށް ހަދައިގެން އުޅުނު އައްޑުއަތޮޅުގެ ރީތި ނަން ފަނޑުކޮށް ހުވަދުއަތޮޅުގެ ނަން ކިޔުމަކީ ކާބަފައިން ނެގެހެއްޓި ޝަރަފަށް އަރުވާ ހުތުރަކަށް ނޫނީ ވާނެތޯއެވެ.

އަޅުގަނޑުގެ ލިޔުމުގެ ބޭނުމަކީ އައްޑޫގެ ޝަރަފް ދެމެހެއްޓުމެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އަދިވެސް އައްޑޫގައި އައްޑޫގެ ނަމާއި ޝަރަފް ދިރުވާނެ ވަތަންދެކެ ލޯބިވާނެ ވަރަށް ގިނަ ރައްޔިތުން ތިބޭނެއެވެ. އައްޑޫގެ ގިނަ ރައްޔިތުންނަކީ އިލްމު ހުރި ހޭލުންތެރިބައެކެވެ. މީހެއްގެ ސިކުނޑީގެ އަވާގައިޖެހި އަޅުދާސްވާންޖެހޭވަރަށްވުރެ ފުދިފައި ތިބެންޖެހޭ ބައެކެވެ.

ސުވާދީވް ސަރުކާރަކީ އިންޑިޔާއާއި ސްރީލަންކާއިން އިގިރޭސިން ފައިބަންޖެހުމުން ގަމުގައި އެމީހުންގެ އަސްކަރީ މަރުކަޒު ހެދުމަށްޓަކައި ރޭވިމަކަރުވެރި ރޭވުމެއްގެ ދަށުން ވުޖޫދުވި ބަޣާވާތުގެ ސަރުކާރެކެވެ. އަޅުގަނޑަށް އެވާހަކަ ކިޔައިދިނީ އައްޑޫގެ ކަމުވެށިވެގެންވާ އަދި ހަރުދަނާ ބޭފުޅެކެވެ. އެސަރުކާރު ހަދަން އިގިރޭސިން ބުނީމާ އުފެއްދީއެވެ. އުވާލަން ބުނީމާ އުވާލީއެވެ. ދިވެހި ގައުމުގެ ބައެއް ދިވެހި ގައުމުން ވަކިކޮށް ބޭރުގެ އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަކީ ފަޚްރުވެރިވާންޖެހޭ ކަމަކަށް ބަޔަކު ހެދިއަސް އެއީ އެއަށްވުރެ ނުބައި ނުލަފާކަމެކެވެ. ގައުމަށް ޣައްދާރުވެ ހަރާންކޯރުވުމެވެ. ބޮޑުތިލަދުންމަތީ މީހުންވެސް ގަޑުބަޑު އުފެއްދިއެވެ. އެކަމަކު އިންޑިޔާގެ ދަށަށް ނުވަތަ ސްރީލަންކާގެ ދަށަށް އެސަރައްދު ގެންދަން އުޅުނީއަކީ ނޫނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...