ރޭގެ ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ރޭގެ ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ހަބަރު 24 Jan 2025 | 09:25

އަޅުގަނޑުމެން މިތިބީ ވިއްދާފައި، ވިއްދި ވިއްދީނުން މި ސަރުކާރު ވައްޓާލާނަން: ޝާހިދު

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އެމްޑީޕީން ނުކުމެ، މި ސަރުކާރު ބަލި ކޮށްލައި، ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ދެއްވައިފިއެވެ.

އެމްޑީޕީން ”ގާނޫނު އަސާސީގެ ދިފާޢުގައި“ ނަމުގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ގާނޫނު އަސާސީގެ ދިފާޢުގައި އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ. އެހެން ނަމަވެސް، އެފަދައިން ކަންކޮށްގެން އެމްޑީޕީ ފަހަތަށް ޖައްސައިނުލެވޭނެ ކަމަށާ، އެ ޕާޓީ ނުކުމެ އޮތީ ވަރަށް ކެރިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން 31 ވަނަ ދުވަހު މި ނުކުންނަނީ އަޅުގަނޑުމެންނަކީ ކެރިގެން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަން ކޮށްދިނުމުގެ ހަމައެކަނި ރައްޔިތުންނަށް އޮތް އުއްމީދު ކަމުގައިވާ ޕާޓީ ކަމުގައިވާތީ. މި މަސައްކަތަކަށް ރާއްޖޭގައި މިއޮތް ޚުދުމުޚުތާރު ސަރުކާރަކަށް ހުރަހެއް ނޭޅޭނެ. އަޅުގަނޑުމެން މިއަދުގެ ސަރުކާރު ބަލިކޮށްލާނީ ނިކަން ނަލަކޮށް ނިކަން ފަރިކޮށް.“ ޝާހިދު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިތިބީ ވިއްދާފައި. ހަމަ ވިއްދި ވިއްދީނުން މި ސަރުކާރު ވައްޓާލާނީ. ވިއްދި ވިއްދީނުން ވައްޓާލާނީ.

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު
ރޭގެ ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ

މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ 21 އަހަރު ނުފުރޭ މީހުންނަށް ސިނގިރޭޓް ނުވިއްކޭ ގޮތަށް ހެދުމުން އެކަމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ވިދާޅުވީ، 18 އަހަރު ފުރިފައިވާ ކޮންމެ މީހަކީ ޒިންމާ އުފުލުމުގެ ގާބިލިއްޔަތުކަން ލިބިގެންވާ މީހެއް ކަމަށާ، އެމީހުންނަށް ވޯޓު ލުމާއި، ކައިވެނި ކުރުމާއި ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ ކަމަށެވެ.

”މި އުޅޭ ކަމަކީ ކިހާ ވަރަކަށްތޯ 18 އަހަރު ފުރި 21 އަހަރު ނުފުރޭ ޒުވާނުން ބަސް ބުނަނީ ބެލުން. އެ ކުދިން ޗުއްޕު ވެސް ނުބުނެ މިކަމުގައި ތިބެއްޖެނަމަ ދެން އަންނަން އޮތީ މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ވޯޓު ލެވޭނީ 21 އަހަރުވުމުން ކަމަށް ގާނޫނުއަސާސީ ބަދަލުކުރުން. ސިނގިރޭޓާ ބެހޭ ގޮތުން ކުރައްވާފައި އޮތް ކަމަކީ ވަކަރަށް ޖެހުން“ ޝާހިދު ވިދާޅުވިއެވެ.

މިއާއެކު ޝާހިދު ވިދާޅުވީ، 18 އަހަރު ފުރިފައުވާ އެންމެނަށް ވޯޓު ލެވޭ ގޮތް ހަދާފައިވަނީ އެމްޑީޕީން ވަރަށް ބުރަ މަސައްކަތް ކޮށްގެން އެޕާޓީން ކަމަށެވެ. އަދި އެ ހައްގު ނިގުޅައިގަންނައިރު ބަލަން ނުތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...