ހުރަވީ ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުވާނެ: މެމްބަރު ނިޔާޒު
ހުރަވީ ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެޗްޑީސީއިން ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ހުރަވީ ސްކޫލްގެ މެނޭޖްމެންޓް އަދި ބެލެނިވެރިންގެ އެދުމަކަށް މެމްބަރު ނިޔާޒް ވަނީ އެޗްޑީސީގެ އިސްވެރިންނާއި މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާގައި ހުރަވީ ސްކޫލްގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.
”ސްކޫލްގެ ޖާގައިގެ ދަތިކަން އެބަހުރި. އެކަން ހައްލު ކުރަން މަޝްވަރާ ކުރެވުނީ. އެދެވޭ ޖަވާބެއް ލިބުނު" ވޮއިސްއަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވިއެވެ.
ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި 900އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް