ބަންގްލަދޭޝްގައި ދިވެއްސަކު މަރާލި ކަމަށްބުނާ ވާހަކައިގެ މައުލޫމާތު ލިބިފައެއްނެތް: ފޮރިން މިނިސްޓްރީ
ބަންގްލަދޭޝްގައި ހިނގި މާރާމާރީއެއްގައި ދިވެއްސަކު މަރާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރާއްޖޭގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ބަންގަލަދޭޝްގެ ނޫސްތަކާއި ހަވާލާދީ މިއަދު ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގައި މަރާލާފައި ވަނީ ލާލު ޝާހު ކިޔާ ދިވެއްސެކެވެ.
އެހެން ނަމަވެސް ފޮރިން މިނިސްޓްރީން ވަނީ ބަންގްލަދޭޝްގައި ދިވެއްސަކު މަރާލާފައި ނުވާކަން ކަށަވަރުކޮށްދީފައެެވެ.
"ވޮއިސްއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުމެއްގައި މަރާލާފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރަން އުޅެފައި އެނބުރި ޤައުމަށް ދިޔަ އެ ޤައުމުގެ ރައްޔިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް