އަދީބުގެ ބަންދުގެ މުއްދަތަކަށް 15ދުވަސް ޖަހައިފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތަށް ފަނަރަ ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.
އަދީބުގެ މައްޗަށް ބަންދުގެ މުއްދަތު ޖަހާދީފައިވަނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ގަވާއިދާއި ޚިލާފަށް ޓަގްބޯޓެއްގައި އިންޑިޔާއަށް އެތެރެވާން އުޅުނު މައްސަލައެއްގައެވެ.
މި މައްސަލައިގައި ރޭވެސް ވަނީ އަދީބު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދީބު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އެންގީ އޭނާ ހައްޔަރުކޮށްފައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފަށް ކަމަށްބުނެއެވެ.
ނަމަވެސް ރޭ ފަތިހު ފުލުހުން ވަނީ އަނެއްކާ ކޯޓު އަމުރެއްގެ ދަށުން އަދީބު ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް