ކުޅަދާނަ ޅެންވެރިޔާ ޏ.އަލީ ޝަރީފު ނިޔާވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކުޅަދާނަ ޅެންވެރިޔާ އަދި ދިގު މުއްދަތަށް ސަރުކާރަށް ހިދުމަތް ކޮށްދެއްވި އަލީ ޝަރީފު އިބްރާހިމް (ޏ. އަލީ ޝަރީފު) ނިޔާވެއްޖެ އެވެ.
އުމުރުން 84 އަހަރުގައި، އަލީ ޝަރީފު ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗްގެ އައިސީޔޫގަި ފަރުވާ ދެމުންދަނިކޮށެވެ.
އަލީ ޝަރީފްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.
އަލީ ޝަރީފަކީ ސަރުކާރަށް 31 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، އޭޓާނީ ޖެނެރަލްގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައިވެ އެވެ.
އެކި ކޯޓުތަކުގެ ގާޒީކަމާއި ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގައި ވެސް މަސައްކަތް ކުރައްވާފައި ވާއިރު ޅެންވެރިކަމުގެ ރޮނގުން 1981ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް އަލީ ޝަރީފް ވަނީ ހާސިލުކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް