ހެކިންނަށް ނުފޫޒު ފޯރުވާތީވެ، ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށްދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ޝަރީއަތްތައް ހިންގުމުގައި ހެކިންނަށް ނުފޫޒު ފޯރުވާތީވެ، ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މާލެތެރޭގައި ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ މިކަން މީޑިއާތަކަށް ޔަގީންކޮސްދީފައެވެ. ފުލުހުން ބުނީ ހިނގަމުންދާ ޝަރީއަތުގެ ހިކތަކަށް ނުފޫޒު ފޯރާކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ފުލުހުން މާލެތެރޭގައި އޮޕަރޭޝަނެއް ހިންގަމުންދާކަމަށެވެ. ފުލުހުން ބުނީ އޮޕަރޭޝަން ކުރިއަށްދާވަރަކުން ހާމަކުރެވެން ހުރި މައުލޫމާތުތައް މީޑިއާތަކާ ހިއްސާކުރަމުންދާނޭކަމަށެވެ.
ހެކިންނަށް ނުފޫޒު ފޯރުވަމުންދާތީ، ފުލުހުން އޮޕަރޭޝަނެއް ފެށިނަމަވެސް އެއީ ކޮންކަހަލަ މައްސަލައަކާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް