N/A
N/A
ހަބަރު 31 Oct 2019 | 11:31

އިނގުރައިދޫ ދާއިރާއަށް ރަނގަޅީ ކޮން ކެނޑިޑޭޓެށް؟

ރިޔާސީ އިންތިޙާބަށްފަހު ދެން ދިވެހިގައުމަށް އެންމެ މުހިންމު އިންތިޙާބަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބެވެ. އެގޮތުން 2019 ވަނައަހަރުގެ އިންތިހާބުވެގެންދާނީ ހުރިހާގޮތަކުންވެސް ގައުމަށް އެތަށްގޮތަކުން މުހިންމު އިންތިޙާބަކަށެވެ.

އިނގުރައިދޫ ދާއިރާއަށް ކުރިއަށްއޮތް އިންތިޙާބު މުހިންމުވާ ސަބަބުތަށްގިނައެވެ. އަދި އިނގުރައިދޫ ދާއިރާގެ ރައްޔިތުންނަކީ މީގެކުރިންވެސް ލައްކަގިނަ ހިތިކަންތައްތަކެށް ތަޖުރިބާކުރަން ޖެހިފައިވާ ރައްޔިތުންތަކެވެ.

މާޒީއަށް ޖެހިލަމާހިގާށެވެ. ރަށުގެ އަތިރިމަތީގައި ތިއްބާ ކެމްޕެއިން ދުވަސްވަރު ފަޅުކޮންނަށް ބޭނުންކުރާ މެސިނަރީތަށް ހިފައިގެން ރައްޔިތުންނަށް ވާވެއްދުމަށް ބާޒުތަށް ރަށްތަކުގެ ކުރިމަތިން ދުއްވާލި ހަދާންވޭތޯއެވެ؟ ހަދާން ވާނެކަންޔަގީނެވެ. ނޭނގޭ ކުއްޖެއްހުރިނަމަ މަންމަ ނުވަތަ ބައްޕަކައިރިން ހޮނިހިރުދުވަހުގެ ވޯޓުގެކުރިން އާހާލާށެވެ. މިއީ ތަންކޮޅެއްކުރިއެވެ. ފަހުގެ އަހަރުތަކަށް ޖެހިލާނަމެވެ.

ރައްޔިތުންގެ މަޖިލީހުގެ 2009 ވަނަ އަހަރު އިންތިޙާބު ކާމިޔާބުކުރެއްވީ ޑީއާރުޕީގެ ހަމްދޫން ހަމީދެވެ. ހަމްދޫންވީ ދޮންދޫންޔަކަށެވެ. އިންތިޙާބާއިއެކު އެސޮރު ގެއްލިއްޖެއެވެ. ދެންއިވުނީ އިނގުރައިދޫ ދާއިރާގެ ގޮނޑިއަކީ އަޅުގަނޑު ގަތްގޮނޑިއެކޭ އެސޮރު ބުނިއަޑެވެ. އެހެންވާނުންތޯއެވެ. އިންތިޙާބަށް ލާރިކޮޅުކޮޅު ނެގިމީހުން ނަގާ އަންބޮޑި މާހާލި އަޑު އަޅުގަނޑުވެސް އެހީމެވެ. އެހެންވީމަ އެހެންބުނާނެނޫންތޯއެވެ. އަދި ނިމުނީއެއްނޫނެވެ. އިނގުރައިދޫ ދައިރާގެ މެންބަރުވީ މަންމަނު ރައްޔިތުންގެ ހައްގު ހޯދައިނުދެވުނު މެމްބަރަކު ކަމުގައި ބުނާތީ އަޅުގަނޑުއެހީމެވެ. ދައުރު ނިމުނުއިރު ދާއިރާގެ ރަށްޔިތުންނަށް ފުރިތަނަށްވެސް ނުލެފުނެވެ.

ހިގަމުން މިދާ 2014 ވަނަ އަހަރުގެ އިނގުރައިދޫ ދާއިރާގެ ގޮނޑިނެންގެވީ އިބްރާހިމް ފަލާހުއެވެ. ސަހަރޯއެވެ. އަދި މިހޮވުނީ މެންބަރެކޭ ބައެއްރައްޔިތުން ބުނަމުންދާއިރު އަނެއްބަޔަކު ދައްކަނީ ދެތިންކުލާސް ރޫމުގެ ފޯޓޯގަނޑެކެވެ. އެއްބަޔަކަށް ދެތިންކުލާސް ރޫމުގެ ފޯޓޯފެންނަނީ ދިހަބުރީގެ އިމާރާތެއްކަހަލަގޮތަކަށެވެ. އަދި އަނެއްބަޔަކަށް ތަސްވީރުބުނާހެން ތަސްވީރު ބަލަން ނޭނގެނީކަމަށް ހަސަނު ބުނެބުނެއޮތްވާ ދައުރު ނިމެނީއެވެ. ނޫންނަމަ ރައްޔިތުމީހުން ހިނގަމުންމިދާ ދައުރު އަދި ކުރީ އަހަރުތަކަށްވުރެން މާދެރަވަރު ނޫންހޭ ބުނަމުންދާއިރު އަޅުގަނޑުގެ ބޮޑުދައިތަ ބޫނާހެން ރ.ކިނޮޅަހުން ފަލާހު ފެށިދައުރު ފައިނު، އިނގުރައިދޫ، ރަސްމާދޫ އަދި އިންނަމާދޫން ދޫކޮށް ދައުރު އެނިންމާލަނީ އެމްޓީސީސީގެ ފެރީތަކުގައި އެމްއެމްޕީއާރުސީއަށެވެ.

ދެންމިއޮތީ ކުރިއަށްއޮތް ފަސްއަހަރަށް އިނގުރައިދޫ ދާއިރާގެ މަޖިލީސް މެމްބަރު ހޮވުމަށް މަދަމާ ނަގާވޯޓެވެ. ކޮންމެ ކެނޑިޑޭޓަކަވެސް މިއަދު އެދާނީ ފޯރީގައި ފަހުގެ އިވެންޓުތަށް ނިންނަމުނެވެ. ކުރިމަތިލައިގެން އުޅޭ ފަސް ކެޑިޑޭޓުން ބޫނާގޮތުންނަމަ ފަސް މެމްބަރުންވެސް ގޮނޑި ކާމިޔާބުކުރެއެވެ. އަދި ނުވިތާކަށް ޖަހާ ހިސާބުތަކުން މިހުރިހާވެރިންވެސް ވަނީ މޮޅެވެ. ނަމަވެސް އެންމެނަށްވެސް ޔަގީންވާކަމަކީ ހޮވޭނީ އެއްމެއްބަރެކެވެ. ނަންވާނީ މިއުޅޭ އަދުރޭއެވެ.

އަދާލަތު ކެނޑިޑޭޓް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ނެރޭ ކެނޑިޑޭޓަކީ އަހުމަދު ހަސަނެވެ. އަހުމަދަކީ ރ.ކިނޮޅަހަށް ނިސްބައްވާ ކެނޑިޑޭޓެކެވެ. ޕަޓީތަކުން ނިކުންނަ ގިނަ ކެނޑިޑޭޓުންނާ ތަފާތުކޮށް އަހުމަދުގެ ޕާޓީން ގެންގުޅޭ ސަތިރީސް ސިޔާސަތުގައި ދައިރާގެ ރަށްޔިތުނަށް ފައިދާކުރާނެ އާރުލާ ސިޔާސަތް މަދެވެ. އަދި ގިނަ ރައްޔިތުންނަށް ސާފެއްވެސް ނޫނެވެ. ނަމަވެސް އަހުމަދުގެ ޕާރސަނަލިޓީ ގިނަބަޔަކަށް ކަމުދާއިރު އަހުމަދު ފާހަގަ ކުރެވިފައިވަނީ ސިޔާސީގޮތުން ތަޖުރިބާ މަދުބޭފުޅެއްގެ ގޮތުގައެވެ.

އަމިއްލަ ކެނޑިޑޭޓުން

ހުސައިން އަސްލަމް

ހުސެއިން އަސްލަމް ފެނިގެންދަނީ އިނގުރައިދޫ ދާއިރާއަށް ކުރިމަތިލީ ކެޑިޑޭޓުންގެ ތެރެއިން އެންމެ ލޮނުމަޑުކޮށް އަދި ކުރިއަށްއޮތް ފަސްއަހަރަށް ޕްލޭނެއްނެތި ނިކުމެ ހުރި ކެނޑިޑޭޓްގެގޮތުގައެވެ. ކެމްޕެއިންއަށް ބަލާލާއިރު ފެނިގެންދަނީ އަމާޒެއްނެތި ދާތަނެވެ. އަދި ރައްޔިތުންގެ ފަރާތުން ދެނީ ފިނި ތަރުހީބެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ ނިސްބަށްވަނީ ދާއިރާގެ އެންމެ އަބާދި ބޮޑުރަށެވެ. އަދި ދާއިރާއަށް ނިސްބަތްވާ އިނގުރައިދޫއަށެވެ. " މީވަގުތަކީ" ގެނަމުގައި ފެއްޓެވި ކެމްޕެއިން އިން އިސްމާއިލް ވަނީ އިނގުރައިދޫއިން ސަމާލުކަން ޔަގީނުންވެސް ހޯދާފައެވެ .އަދި ގިނަޒުވާނުންގެ ތާއިދުވެސް ހޯދާފައެވެ. އިސްމާއިލް ޢަލީގެ ކެއްމްޕެއިންއަށް ބާލާއިރު ކުރިއަށް އޮތްފަސްއަހަރު ދާއިރާއަށް ކޮށްދޭނެ ނުވަތަ ހާސިލްކަރަން ބޭނުންވާނީ ކޮންކަމެއްކަން ސާފެއްނޫނެވެ އަދި އިސްމާއިލް އަލީ އަކީ އަމިއްލަގޮތުން ކުރިމަތިލީ ކެނޑިޑޭޓެއްކަމުން އިސްމާއިލް ޢަލީ ރައްޔިތުންގެ މަޖިލީހަށް ހޮވިއްޖެނަމަ ގެންގުޅޭނެ ސްޓޭންޑްއަކީ ކޮބައިކަން ދާއިރާގެ ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ. މީގެއިތުން އިސްމާއިލް ޢަލީގެ މުޅި ކެންޕެއިންނަށް ބަލާއިރު އޭނާގެ މުޅި ކެންޕެއިން ބިނާވެފައިވަނީ އިނގުރައިދޫއަށެވެ. ދާއިރާގެ ބާކީ ހުރި ހަތަރު ރަށަށް ފޯކަސްދޭތަނެއް އެއްގޮތަކަށްވެސް ނުފެނެއެވެ.

ޕީޕީއެމް ކެނޑިޑޭޓް

މިހާރުވެސް ދާއިރާގެ މެންބަރުކަން ކުރައްވަމުން އަންނަ ފަލާހްއަށް ބަލާއިރު އޭނާ މި ދާއިރާއަށް މާބޮޑު ތަސައްވަރެއް ގެންގުޅޭތަނެއް ނުފެނެއެވެ. އަދި މީގެ ކުރިން މިވަނީ ފަލާހް ގެ އަޖުމަ ބެލިފައެވެ. ފަސް އަހަރު ނިމިގެން ދިޔައިރު ދާއިރާގެ ރަށްތަކުގެ ނަރުދަމާގަނޑުވެސް ނިމިފައެއް ނެތެވެ. އަދި ފަލާހް ވަނީ ރައްޖޭގައި މިހާތަނަށް ހިންގި ބޮޑު ކޮރަޕްޝަން އެމްއެމްޕީއާރުސީ ގެ ފައިސާ ގައި ޖެހިފައިވާކަން އޭސީސީ ރިޕޯޓުން ވަނީ ހާމަވެފައެވެ. އެހެންކަމުން މިއީ ފަލާހްގެ ނަޒާހަތްތެރިކަމާމެދު ދާއިރާގެ ރައްޔިތުން ސުވާލު އުފައްދާކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އެމްޑީޕީ ކެނޑިޑޭޓް

ވެރިކަންކުރާ އެމްޑީޕީން ދާއިރާއަށް ކުރިމަތިލާފައިވާ ހަސަން އަހްމަދު ނުވަތަ އެންމެންވެސް ދަންނަ ހަސަންޓޭއަކީ އެހެން ދާއިރާއަށް ޙާއްސަ ޕްލޭނަކާއި އެޖެންޑާއެއް ހިފައިގެން ނިކުމެ ހުންނެވި ފަރާތެއްކަން ފާހަގަކޮށްލައެވެ. އޭނާ ދާއިރާގެ ތަސައްވަރުގެ ތެރޭގައި ދާއިރާގެ ނަރުދަމާއި ފެން ޔަގީންކުރުމާއި ޒުވާނުން ބިނާކުރުމާއި އިޤްތިސާދީގޮތުން ދާއިރާ ބާރުވެރިކުރުމާއި ޒުވާނުން ޑްރަގުން ސަލާމަތްކުރުމަށް ގެންގުޅޭ ސިޔާސަތަކީ ފާހަގަކޮށްލަންޖެހޭ ކަންކަމެވެ. މީގެ އިތުރުން ރާއްޖޭގައި އެންމެ ވަޑިން ގިނަ މި ދާއިރާއަށް ބޭނުންވެފައިވާ ބޯޓްޔާޑް އެންޑް ސްލިޕްވޭ ގެންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ފުރަތަމަ ފަހަރަށް ހަސަންޓޭ މިވަނީ ދެއްވާފައެވެ. މިކަން މިހެން ވެއްޖެނަމަ، މިއީ ދާއިރާއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމެއްކަން ފާހަގަކުރެއެވެ. ހަސަންޓޭއަކީ ސަރުކާރު ކެނޑިޑޭޓްކަމުން ހަސަންޓޭގެ ވައުދު ފުއްދުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...