މިފަހަރު ދަނޑުފުރާލަދިނީ ނުޤަވާއިދުން އުޅޭ ބިދޭސީން!
ދިވެހިރާއްޖޭގައި ގަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީން ގާނޫނާއި އެއްގޮތްވުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކުރުމާއި އެކު ދަނޑު ފުރިއްޖެއެވެ.
މި ފަރާތްތަކަށް މީގެ ކުރިން ކިޔު ނަންބަރު ދޫކުރަމުން ދިޔައީ ކުރީގެ ޕީޖީ އޮފީސް ހިންގި އިމާރާތުގައި ހުންނަ، އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓްގައެވެ.
ނަމަވެސް މިތަނުން ނަންބަރު ހޯދުމަށް ގިނަބަޔަކު ދަންވަރުން ފެށިގެން ކިޔު ހަދަމުން ދިއުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ، އެކަން ވަނީ ގަލޮޅު ދަނޑަށް ބަދަލުކޮށްފައެވެ.
ގަލޮޅު ދަނޑުގައި ކިޔޫ ނަންބަރު ދޫކުރުން ކުރިޔަށް ދާނީ ހެނދުނު 09:00 އިން ހަވީރު 5:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް