ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަނީ
ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރަން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، އަލަށް އަޅާ ހޮސްޕިޓަލްގެ ޑިޒައިނާއި، ކުރެހުންތަކާއި، ބީ.އޯ.ކިއު ހަދާނެ ފަރާތެއް ހޯދުމަށް މިއަދު ގެޒެޓްގައި ޝާއިއު ކުރެވިގެންދާނެ ކަމަށެވެ.
އެކަމަނާ ވިދާޅުވީ އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެން ދިއުމުން އިތުރު 50 އެނދު އިތުރުވެގެންދާނެ ކަމަށެވެ.
މި ހޮސްޕިޓަލްގެ ކަންކަމަށް ބިޑް ހުށައެޅުމަށް ތިން ހަފްތާގެ މުއްދަތެއް ލިބޭނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޑރ.އަބްދުއްސަަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ނިމުމުން މިހާރުގެ ހޮސްޕިޓަލްގެ ހުރިހާ ހިދުމަތެއްވެސް އާ އިމާރާތަށް ބަދަލުކުރެވިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް