ހުޅުމާލޭގައި މިރޭ ހަވާއަރުވަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ، ފޭސް 1 ގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ފޭސް 1 ގެ ރިވެލި ބީޗް ކުލަބު އެންޑް ރެސްޓޯރެންޓް ސަރަހައްދުގައި މިރޭ 20:00 ހާއިރު ކަމަށެވެ.
އަދި ހަވާ އެރުވުމުގެ ހަރަކާތް 3 މިނެޓެއްހާއިރަށް ކުރިއަށްގެންދާ ކަމަށާ މި ހަރަކާތަކީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް ބުންޏެވެ.
ތަފާތު މުނާސަބަތުތަކުގައި މާލެ ސަރަހައްދުގައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވައެވެ.
ހަވާ އެރުވުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި އެމްއެންޑީއެފަށް ކަމަށްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް