ހާބަރުގައި އޮތް ބޯޓެއްގައި ތިބި 5 ފިރިހެނުންގެ ޚަބަރު ހުސްވެގެން ފަރުވާދޭން ފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލެ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.
ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މި އެންމެންނަކީ ވެސް ފިރިހެނުންނެވެ.
ފުލުހުން ބުނީ، މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 06:35 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެ މީހުންނަށް މިހާރު އައި.ޖީ.އެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް