ރޮނާލްޑޯގެ ޕެނަލްޓީއާއެކު ޔުވެންޓަސް ފަހަތުންއަރާ މޮޅުވެއްޖެ
އިޓާލިއަން ސެރީއާގައި ރޭ ލާޒިއޯ އަތުން ފަހު ވަގުތުޖެހި ލަނޑާއެކު ޔުވެންޓަސް މޮޅުވެ ތާވަލުގެ އެއްވަނައިގަ 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ކުރި ހޯދާފައިވަނީ ލާޒިއޯއެވެ. ލާޒިއޯގެ މި ލަނޑަކީ ޔުވެންޓަސްގެ މެދުތެރެއަށް ކުޅެމުން އަންނަ ޗޭންއަތުން ބައިކޮޅަށް ވައިން ލަނޑެކެވެ.
ފަރުވާތެރިކަމާއެކު ގިނައިރު ބޯޅަ ގެންގުޅުނު ޔުވެންޓަސްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ސެންސީލޯއެވެ. މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރޮނާލްޑޯގެ މި ލަނޑަކީ އޭނާ މި ސީޒަނުގައި ޔުވެންޓަސްއައި ގުޅުނު ފަހުން ޖެހި 17 ވަނަ ލަނޑެވެ.
ތާވަލުގެ އެއްވަނައިގަ 59 ޕޮއިންޓް ހޯދައިގެން ޔުވެންޓަސް ހަމަޖެހިލާފަ އޮތްއިރު އެޓީމައި އެންމެ ވާދަވެރިކޮށް އުޅޭ ނަޕޯލީއަށް ލިބިފައިވަނީ 48 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް