އިންޑިޔާގެ ސަފީރުކަމުން އަކިލޭޝް ވަކިކުރަނީ
އިންޑިޔާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވި އަކިލޭޝް މިޝްރާ މަގާމުން ވަކިކޮށް، އެހެން ފަރާތެއް ހަމަޖެއްސުމަށް އިންޑިޔާގެ ޚާރިޖިއްޔާއިން ނިންމައިފިއެވެ.
އިންޑިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި މި މަގާމަށް އެހެން ފަރާތެއް އައްޔަންކުރުމަށް ހަމަޖެހިފައިވަނީ އެހެން އެމްބަސީތަކުގެ ފަރާތްތައްވެސް ބަދަލުކުރާ އުސޫލުންނެވެ.
ރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާ އާ ސަފީރުގެ ގޮތުގައި ހަަމަޖެހިފައިވަނީ އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އިންޓަނޭޝަނަލް ކޯޕަރޭޝަންސްގެ މަގާމުގައި ހުންނެވި ސަންޖޭ ސުދީރެވެ.
ސަންޖޭ މަގާމާއި ހަވާލުވެ ވަޑައިގަންނަވާ ތާރީޚެއް އަދި ހާމަަކޮށްފައެއް ނުވެއެވެ.
މި އަހަރުގެ ތެރޭގައި އިންޑިޔާގެ ޚާރިޖިއްޔާގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް