ގާސިމްއާއި ޕީޕީއެމްއިން ބައްދަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި ޕީޕީއެމްގެ ޕީޖީ ގްރޫޕުން ބައްދަލުކޮށްފިއެވެ.
މިބައްދަލުވުން އޮތީ މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ.
މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް ވަނީ ގާސިމަށް ޝުކުރު ދަންނަވާފައެވެ. އަދި އެމަނިކުފާނަކީ އަޑު އައްސަވާ އަދި އަވަސް ހައްލު ހޯއްދަވައި ދެއްވުމުގައި ލާމަސީލު ބޭފުޅެއް ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ ހުރިހާ ފަރާތަކާއި އެކުވެސް ކޯލިޝަން ހެއްދެވުމަށް ތައްޔާރަށް އޮތްކަމަށް ދާދިފަހުން ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް