ފުުލުހުންގެ ޚާއްސަ އޮޕަރޭޝަން އަދިވެސް ކުރިއަށް!
މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގަށް ފުލުހުން ހިންގާ އޮޕަރޭޝަން މިއަދު އަނެއްކާވެސް ފަށައިފިއެވެ.
އެގޮތުން ދެންމެއަކު ވަނީ މާފަންނު އީވްނިންގ މާޓް ހުރި ސަރަހައްދުގައި ހުރި ގެއަކަށް ވަދެފައެވެ. ބައެއް މީޑިޔާތަކުން ބުނާ ގޮތުގައި މިއީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ)ގެ ގެެއެވެ.
މީގެ އިތުރުންވެސް ފުލުހުން އިތުރު ދެގެއެއް ބަލާފާސްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މި އޮޕަރޭޝަން މިއަދު ކަނޑުމަތީގައިވެސް ކުރިއަށް ދާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
12:48: މަޝްހޫރު ބިގްމޭން ރެސްޓޯރެންޓަށް ފުލުހުން ވަތްކަމުގެ މައުލޫމާތު ލިބިއްޖެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް