ސިފައިންގެ އަސާސީ ތަމްރީނުތައް ނިންމި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދިވެހި ސިފައިންގެ އަސާސީ ތަމްރީނުތައް ނިންމި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށްގެންގޮސްފިއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ މިއަދު އެކަމަށްޓަކައި ގިރިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނުތައް ނިންމި ބައިވެރިން ހުވާކުރުމެވެ. ހުވާކުރުމުގެ މި ރަސްމިއްޔާތުގައި ބައިވެރިންނާ ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.

މިއަދު ހުވާކުރި ދެ ބެޗްގައި ޖުމްލަ 255 ބައިވެރިން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ، ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނެވެ. އެ ޕްރޮގްރާމަށް ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކުން ދަރިވަރުން ކުރިމަތިލާފައިވެއެވެ.

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗުގައި ރާއްޖޭގެ 108 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވި އެވެ. 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި އެ ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ.
ވަތަނީ ހިދުމަތުގެ ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި، ދީނީތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑް، ފަޔަރފައިޓިންގ، ލޭންގުއޭޖް ޕްރޮފިޝެންސީ، ހަށިހެޔޮކަމާއި ފެތުމާއި މޫދަށް އަހުލުވެރިވުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް