އެސްޓީއޯގެ ބޯޑުން ޔާސިރު ވަކިކޮށްފި
އެސްޓީއޯގެ ބޯޑް އޮފް ޑިރެކްޓަރގެ މެންބަރކަމުންމ. ހުއިވަނިި އިސްމާއިލް ޔާސިރު، ވަކިކޮށްފިއެވެ.
ޔާސިރު އެ މަގާމުން ވަކިކޮށްފައިވަނީ އައްޔަންކުރިތާ ދެ ހަފްތާވެސް ނުވަނީސްއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވަނީ އިސްމާއިލް ޔާސިރު އެސްޓީއޯގެ ބޯޑުން ވަކިކުރިކަން ޔަގީންކޮށްދީފައެވެ. ޔާސިރު އެސްޓީއޯގެ ބޯޑަށް އައްޔަނު ކުރެއްވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
މި ބަދަލާއި އެކު އެސްޓީއޯގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަމްރު އާއި އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މިހާދުގެ އިތުރުން ޑިރެކްޓަރު އާމިރު މަންސޫރާއި މަރިޔަމް ޒާހިޔާ އާއި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ޑިރެކްޓަރު އައިޝަތު ފަޒީނާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް