މުޒާހަރާގެ ބައިވެރީން މަޖީދީމަގަށް، ހަމަނުޖެހުން ހިނގަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާގެ ބައިވެރީން މަގުތަކަށް ނިކުމެ ފުލުހުންގެ ސަފުތައް ހުރަސް ކުރަން އުޅުމުން ހަމަނުޖެހުމަކަށް ބަދަލުވެއްޖެ އެވެ.
މުޒާހަރާ ފުރަތަމަ ފެށީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. މިރޭގެ މުޒާހަރާއަށް އެތައް ހާސް ބަޔަކު އެއްވި އެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާގެ ބައިވެރީންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

އަދި އޭގެ ފަހުން ގޮވާލީ މަގުމައްޗަށް ނިކުތުމަށެވެ. އެހެން ކަމުން މުޒާހަރާގެ ބައިވެރީން ވަނީ މަޖީދީމަގަށް ނިކުމެފަ އެވެ. އޭރު ފުލުހުން ވަނީ ބައެއް ސަރަހައްދުތައް ބަަންދުކޮށްފަ އެވެ. ވަރަށް ގިނަ އަދަދެއްގެ ފުލުހުން ޝީލްޑާއެކު ހަރަކާތްތެރިވަމުން ދިޔަ އެވެ.
މުޒާހަރާގެ ބައިވެރީން ކުރިއަށްދާން ފުުރުސަތު ނުދިނުމުން ހަމަނުޖެހުން އުފެދުނެވެ. ބައެއް މީހުން ވަނީ ބެރިކޭޑްތައް އުކާލާފަ އެވެ.

އަދި ފުލުހުން ގެންގުޅޭ ޝީލްޑްތަކުގައި ތަޅާ ހަދާފައިވެ އެވެ.
އެއްވުމުގެ ބައިވެރިން ހުއްޓުވަން ފުލުހުން ވަނީ ކަރުނަ ގޭސްވެސް ޖަހާފަ އެވެ. މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުންނާއި ދިމާއަށް އެކި އެއްޗެހި އުކަމުންނެވެ.

މިރޭގެ މުޒާހަރާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ސަރުކާރުގެ އިސްވެެރީން ދަނީ ބައިވެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް