އައްޑޫގައި ތިބީ އިންޑިއާ ސިފައިން ނޫންކަން އެމްއެންޑީއެފުން ކަށަވަރުކޮށްދީފި
އައްޑޫގައި ތިބީ އިންޑިއާ ސިފައިން ނޫންކަން އެމްއެންޑީއެފުން ކަށަވަރުކޮށްދީފިއެވެ.
އައްޑޫ ސިޓީގައި އަދިވެސް އިންޑިޔާ ފުލުހުން އެބަތިބިކަމަށް ބުނެ، މީސްމީޑިޔާގައި ދައުރުކުރަމުންދާ ވީޑިއޯއާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ ލަންކާ އަސްކަރިއްޔާގެ ޓްރެއިނިންގ އިންސްޓްރަކްޓަރުން ކަމަށެވެ.
އަދި އެ މީހުން ރާއްޖެ އައިސް އުޅެނީ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ޓްރެއިނިންގ އަކަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ.
ރައީސް ޑރ.މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން، ރާއްޖެއާއި އިންޑިއާ އާ ދެމެދު އެއްބަސްވެފައިވަނީ، ރާއްޖޭގައި ގާއިމުވެފައި ތިބި އިންޑިޔާ ސިފައިން މެއި މަހުގެ 10 ވަނަ ދުވަހުގެ ރާއްޖެއިން ފޭބުމަށެވެ.
އެގޮތުން ތިން ބެޗަކަށް ބަހާލައިގެން ރާއްޖޭގައި ތިބި ހުރިހާ އިންޑިޔާ ސިފައި މިހާރު ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް