N/A
N/A
ހަބަރު 24 Jul 2019 | 05:07

މާބަނޑު އަންހެނެއް ކައިިރީގައި މިވާހަކަތައް ނުދައްކާތި

މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ ވަރަށްވެސް އުފާވެރި ދުވަސްތަކެކެވެ.

އަދި އެއީ ދަރިއެއް ލިބެން އުޅޭ މަންމައަކަށް އެހާމެ "ސްޓްރެސްފުލް" ދުވަސްވަރެއްވެސް މެއެވެ. އެހެންކަމުން، މާބަނޑު އަންހެނެއްގެ އިހްސާސްތައް ދެނެގަނެ، އޭނާއާއި މުއާމަލާތް ކުރުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހެއެވެ.

މި ލިޔުމުގައި މި ހިމަނާލަނީ މާބަނޑު އަންހެނެއްގެ ކައިރީގައި ބުނެގެން ނުވާނެ ބައއެއް ވާހަކަތަކެވެ.

ހާދަ ފަލައޭ:

މާބަނޑު އަންހެނަކު ފަލަވީ ހަމަ ހުރެފައެއް ނޫނެވެ. އޭނާގެ ބަނޑުގައި އިތުރު އިންސސާނެއް އެބައޮތެވެ. އެހެންކަމުން، މާބަނޑު އަންހެނާއާއި ދިމާލަށް ހާދަ ފަލައޭ ބުނެ، އޭނާ ހިތުގައި ޖައްސާ ނުލާށެވެ. މަޖަލަކަށް އެހެން ބުނެވިގެންވެސް މާބަނޑު އަންހެންމީހާއަށް އަސަރު ކޮށްފާނެއެވެ.

ބަނޑު ބޮޑުހެން ހީވެސް ނުވޭ:

މިއީ ވަރަށް ގިނަ މީހުންނަށް ބުނެވޭ އެއްޗެކެވެ. ހަގީގަތުގައި މި ބަސް މާބަނޑު އަނންހެނަކަށް އިއްވައިގެން ނުވާނެއެވެ. ބަނޑުގެ ކުޑަ މިނާއި ބޮޑު މިނަކީ ދަރިފުޅުގެ ސިއްހަތާއި ގުޅުން ހުރި ކަމަކަށް ނުވާއިރު، އެވާހަކަ ބުނުމުގެ ބޭނުމަކީވެސް ކޮބައިހެއްޔެވެ؟

ތީ ބޭނުންވެގެން ހޯދާ ކުއްޖެއްތަ؟:

އެ ސުވާލަކީވެސް ބައެއް މީހުން މާބަނޑު އަންހެނުން ކައިރީގައި އަހާ ސުވާލެކެވެ. އެއީ ނުބެހޭ ކަންކަމާއި ބެހޭ ހިތްވާ މީހުން އަހާނެ ފަދަ ސުވާލެކެވެ. މާބަނޑު އަންހެނަކު ބަލިވެ އިނީ ބޭނުން ވެގެން ކަމަށްވިޔަސް، އަދި ނޫން ކަމުގައިވިޔަސް، ތިބާއަށް ކޮންކަމެއް ހެއްޔެވެ؟

ވިހެއުމުގެ ބިރުވެރި ވާހަކަ ދެއްކުން:

މިއީ އަލަށް ބަލިވެ އިންނަ އަންހެނެއް ކައިރީގައި އެއްގޮތަކަށްވެސް ދައްކައިގެން ވާނެ ވާހަކައެއް ނޫނެވެ. ތިބާއަށް ވިހެއުމުގައި އެޅި ވޭން އެހެން މީހަކަށް ނުލިބުމަކީވެސް ވެދާނެ ކަމެކެވެ. އެހހެންކަމުން ތިބާގެ ތަޖުރިބާ ހިއްސާ ކޮށްގެން މާބަނޑު މީހާ ބިރު ނުގަންނަވާށެވެ.

ނުރޮއްޗޭ!:

މިއީ ވިހެއުމުގެ ވޭން ތަޖުރިބާ ކޮށްފައިވާ އަންހެނުން، އަލަށް ބަލިވެ އިންނަ އަންހެނުން ކައިރީގައި އާއްމުކޮށް ބުނާ އެއްޗެކެވެ. ވިހާއިރު ބިރު ނުގަތުމަށާއި ނުރުއިމަށް ނަސޭހަތް ދެއެވެ. މިއީ މާބަނޑު އަންހެން މީހާ އެހާ އަހާ ހިތްވާނެ ވާހަކަ ތަކެއް ނޫނެވެ.

ކޮންކަހަލަ ކުއްޖެއް ލިބެނީ؟:

މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ލިބެން އުޅެނީ ކޮންކަހަލަ ކުއްޖެއްކަން ދަރިއެއް ލިބެން އުޅޭ އަންހެނަކަށް، ނުވަތަ ދެމަފިރިއަކަށް ނޭނގިއެއް ނުހުންނާނެއެވެ. އެހެންނަމަވެސް، އެނގޭ ކޮންމެ ސުވާލެއްގެ ޖަވާބަކީ ދޭން ބޭނުންވާ ޖަވާބަކަށް ނުވެދާނެކަން ހަނދާން ކުރާށެވެ. އެހެންކަމުން. ދަރިފުޅުގެ ޖިންސަކީ ކޮބައިތޯ މާބަނޑު އަންހެނެއްގެ ކައިރީގައި ނާހާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...