ފާޑުކިޔުމުން މިނިސްޓަރ ޝިދާތާ ހިތްހަމަނުޖެހިއްޖެ
ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކަށް ހދ. ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ފާޑުކިޔުމުން މިނިސްޓަރ ޝިދާތާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ބާވަތެއްގެ ހަނގާކުރުމާއި ފުރައްސާރަކުރުމާއި ދެކޮޅަށް ހުރިހާ ގޮތަކުން އަޑުއުފުލަން ވާނެކަމަށެވެ.
"އެއީ އަޅުގަނޑާއި ތިޔަބޭފުޅާއާއި ދިމާލަށް ކަމުގައިވިޔަސް" އެކަމަނާ ވިދާޅުވެއްޖެއެވެ.
ބެލެވޭ ގޮތުގައި މިނިސްޓަރ ޝިދާތާ އެ އިޝާރާތްކުރައްވަނީ އިއްޔެ ހަވީރު ކުޅުދުއްފުށީގެ މަގުތަކުގައި އޮތް މަށިމާލި ޕެރޭޑަށެވެ. އެ ޕެރޭޑްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލުނު މައްސަލައަށް ނިސްބަތްކޮށް ވަނީ ގެއްލޭ ބެޑްޝީޓްގެ ނަމުގައި ފްލޯޓެއް ދައްކާލާފައެވެ.
އެ ޕެރޭޑަކީ ސިޔާސީ ކަންކަމަށް ފާޑުކިޔަން ޒަމާނުއްސުރެ ބާއްވާ ޕެރޭޑަކަށްވީއިރު، މިއީ އެ ޕެރޭޑާއި ގުޅިގެން ސިޔާސީ ފަރާތަކު އާންމުގޮތެއްގައި ހިތްހަމަނުޖެހުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް