ފާއިތުވެދިޔަ އަހަރަކީ ރާއްޖޭގެ ޑިމޮކްރަސީއަށް މުހިންމު އަހަރެއް: ބޮޑުވަޒީރު މޯދީ
ފާއިތުވެދިޔަ އަހަަރަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް މުހިންމު އަހަރެއްކަަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ އިންޑިޔާގެ ފަރާތުން ރާއްޖޭގައި ހަތަރު މަޝްރޫއު ފެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓެލެކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ ފާއިތުވެދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް މުހިންމު އަހަރެއްކަމަށާއި އިންޑިޔާއާއި ރާއްޖޭގެ ގުޅުމަށްވެސް މުހިންމު އަހަރެއްކަމަށެވެ. މޯދީ އިތުރަށް ވަނީ ވެރިކަމުގެ އެއް އަހަރު ފުރިހަމަ ކުރެއްވުމުގެ މުނާސަބަތުގައި ރައީސް ޞާލިހަށް މަރުހަބާ ދަންނަވާފައެވެ.
މިއަދު ވަނީ ދެގައުމުގެ މެދުގައި ޖުމްލަ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއީ އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް