ގައުމު އެއްކޮށް ނެތިދިއުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫން: ޝާހިދު
މޫސުމީ ބަަދަލުތަކުގެ ސަބަބުން ގައުމެއް އެއްކޮށް ނެތިދިއުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫންކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެއޯސިސްެގެ ޗެއަރގެ ހައިސިއްޔަތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ ނެތިދިއުމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި މިގޮތަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ގޮތެއް ނޫންކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާއި މެދު ރާއްޖެއަށް އަބަދު އަތް އުރާލައިގެން ނޯވެވޭނެކަމަށާއި، މޫސުމީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަންެޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވާހަކަފުޅުގައި ވިދާޅުވެފައެވެ. މޫސުމީ ކަންކަމަކީ އޭގެ ސަބަބުން ދުނިޔެއާއި ދުނިޔޭގެ މީހުންގެ ސަލާމަތަށް ގެއްލުން ފޯރާނެކަންކަންކަމަށް އެއްބަސްވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ.
އެމަނިކުފާނު ވަނީ ރަނގަޅު މޫސުމީ ބަދަލުތަކަކީ ގެނެވިދާނެ ކަންކަންކަމަށް ދެކިވަޑައިގަންނަވާކަމަށް ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް