ފަރިވާ ފިހާރަ އެނދުމުގެ ޒިންމާ ސްޓެލްކޯއިން އުފުލަން ނުޖެހޭނެކަމަށް ބުނެފި
ފާމުދޭރިމަގުގައި ހުރި ފަރިވާ ފިހާރައިގައި ރޯވުމުގެ ޒިންމާ ސްޓެލްކޯއިން އުފުލަން ނުޖެހޭނެކަމަށް ދަށުކޯޓުން ކުރި ހުުކުމަށް ހައިކޯޓުން ތާއިދުކޮށްފިއެވެ.
2016ވަނަ އަހަރުގައި ހިނގި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ ފިހާރަ ޖެހިގެން ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވުމުގެ ސަބަބުންކަމަށް ފަރިވާއިން ވަނީ ބުނެފައެވެ. އަދި އެކަމުގެ ބަަދަލުގައި 33މިލިޔަން ރުފިޔާ ހޯދުމަށް ދައުވާ ކުރިއެވެ.
ނަމަވެސް އެ ބަދަލު ނަގައިދެވެން ނެތްކަމަށް ދަށުކޯޓުންވެސް ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލަ އިސްތިއުނާާފު ކުރުމުން ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ސްޓެލްކޯގެ ފޮށީގައި ރޯވެފައިވާތަން ހެކިންނަށް ފެނުނަސް، އެ އަލިފާންގަނޑު ފެށުނީ އެތަނުންކަން އެނގެން ނެތްކަމަށެވެ. މީގެ އިތުރުން އެ މައްސަލައިގެ ފޮރެންސިކް ތަހުގީގުންވެސް ކަރަންޓް ފޮށި ތެރޭގެ އެއްވެސް ކޭބަލެއްގައި ރޯވެފައި ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.
އެ ހުކުމްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެފަދަ މައްސަލައެއްގައި ސްޓެލްކޯއިން ޒިންމާ ނަގަންޖެހޭނީ އެ ކުންފުނީގެ ގާނޫނީ ވާޖިބާއި ޚިލާފުވީކަަމަށް ސާބިތުވިނަމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް