ގެއެއްގެ ފާރުވެއްޓި ދެ ކުއްޖަކަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ނައިފަރުގައި ހަދަންފަށާފައިވާ އިމާރާތެއްގެ ފާރެއްވެއްޓި ކުޑަ ދެކުދިންނަށް އަނިޔާވެއްޖެއެވެ.
މިކަމެއް ހިނގާފައިވަނީ މިރޭގެ ވަގުތެއްގައި ވަރަށްބޮޑަށް ވައިގަދަވެގެންކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ. ވެއްޓުނީ ހަދަންފަށާފައިވާ އިމާރާތެއްގެ ފާރެވެ.
މި ހާދިސާގައި ޅ.ނައިފަރު ވެލްކަމްގޭޓް ގޭގެ އެއްކޮޓަރި ދިރިނޫޅޭވޭ ވަރަށް ހަލާކުވެފައިހުރިކަމަށް ފުލުހުން ބުނެއެވެ.
ފާރު ވެއްޓުމުން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިގޮތުން މި މަސައްކަތް ކުރިއަށްދަނީ ނައިފަރު، ކައުންސިލްގެ އެހީތެރިކަމާއެކުގައިކަން އެންޑީއެމްއޭއިން ފާހަގަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް